ހުޅުމާލެ ސޭފްގޭޓް ފިހާރަހުންނަ އިމާރާތުން މީހަކު ވެއްޓި އިތުރު ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި ހުރި އިމާރާތެއްގައި އޭސީ އައުޓްޑޯ ޔުނިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަކު އައުޓްޑޯ ޔުނިޓާއި އެކު ވެއްޓިފައި ވާކަމަށާއި، އާއްމު ރައްޔިތުން ވެގެން އެމީހާ ހުޅުމާލޭގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.
މަންޒަރުދުއް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ބިދޭސީ މީހާ އައުޓްޑޯ ޔުނިޓް ހަރުކުރަން އަރާ ހުރީ ސޭފްޓީ ބެލްޓު ނާޅާ ކަމަށާއި، އެމީހާ އާއި އެކު އައުޓްޑޯ ޔުނިޓުވެސް ވެއްޓުން ކަމަށެވެ. އަދި އެމީހާގެ އަނގައިންނާއި ކަންފަތުންވެސް ވަރަށް ގިނައިން ލޭފައިބަމުން ދިޔަ ކަމަށް ވަނީ ބުނެފައެވެ.
މިއަދު ހުޅުމާލެއިން މީހަކު ވެއްޓި ޒަހަމް ތަކެއް ލިބިފައި ވާއިރު، ރޭ ދަންވަރު 01:30 ގައި ފިޔާތޮށި މަގު އިތާ ގޯޅިގަނޑުތެރެއަށް މީހަކު ވެއްޓިފައި އޮއްވާވެސް ވަނީ ފެނިފައެވެ. އެމީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.