ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރިވުމަށް އެންމެ ފަހުން ސަރުކާރުން ބީލަމަށް ހުޅުވާލި ރަށްތަކުގެ އަގު ކުޑަ ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 16 ރަށެއް، ރަށްތަކުގެ ކްލަސްޓާ ވެސް ހިމެނޭހެން ފަތުުރުވެރިކަމަށް ހުޅުވާލައިފަ އެވެ.
މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ރިސޯޓު ހަދަން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދަށް ކުރުމާއެކު ހުރިހާ ރަށަކާއި ބިމަކުން ވެސް އެކިއުޒިޝަން ކޮސްޓް 30 ޕަސެންޓް ކުޑަވާނެ ކަމަށާއި، މިގޮތަށް ނިންމީ ދުނިޔޭގެ އިންވެސްޓު ކުރުމުގެ މާހައުލު ވަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
އެގޮތުން އަގު ކުޑަކުރުމަށް ސަރުކާރުން ނިންމި 16 ރަށަކީ…
ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
ހއ. އަލިދުއްފަރު ފިނޮޅު – 350،000 ޑޮލަރު
ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
މ. މާއުސްފުށި – 1،575،000 ޑޮލަރު
ތ. ކާއްޑޫ – 70،000 ޑޮލަރު
ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1،050،000 ޑޮލަރު
ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
ލ. ކަށިދޫ – 700،000 ޑޮލަރު
ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
ގއ. މާރެހާ – 1،400،000 ޑޮލަރު
ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
ގދ.ކަނޑަހަލަގަލާ – 875،000 ޑޮލަރު
ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު – 700،000 ޑޮލަރު
މީގެ އިތުރުން މިނިސްޓްރީން ބުނީ، މި ރަށްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތި ދިވެހި ކުންފުނިތަކާއި، ބޭރުގެ ކުންފުނިތަކަށް ހުޅުވާލެވިފައި ވާކަމަށާއި، އަންނަ މަހުގެ 10 ވަނަ ދުވަހު ބީލަން ހުށައަޅަން ޖެހޭނެ ކަމަށެވެ.