ގދ އަތޮޅު ފަރެސްމާތޮޑާގައި ތަރައްގީ ކުރަމުންދާ އެއާޕޯޓު މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން މިއަދު ބުނެފިއެވެ.
އެމްޓީސީސީން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް އެއްކޮށް ނިމިފައި ވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.
މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.