ހުސްވިމަހު ގެއްލުނު މީހަކު ހޯދުމަށް ފުލުހުން ޢާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، އޭނާ ރާއްޖޭގައި ނެތްކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ގެއްލުނު މީހެއްކަމަށް ބުނެ، ހދ.ނޮޅިވަރަމްފަރު/މޯނިންގްސަން، ޢުމުރުން 25 އަހަރުގެ މިޞްބާޙުު މުޙައްމަދު ހޯދުމަށް ފުލުހުން އިއުލާނުކުރީ މި މަހުގެ 14 ގައެވެ.
ނަމަވެސް އޭނާ ގެއްލުނީ ކޮން ދުވަހަކު ކަމާއި، އޭނާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާގެ ފޮޓޯ ޢާންމުކުރެއްވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާ ހޯދަން ޢާންމުންގެ އެހީތެރިކަމަށް އެދުނީ، އޭނާގެ ޢާއިލާއިން އޭނާ ގެއްލިގެން ރިޕޯޓުކުރުމުން ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ރާއްޖެއިން ބޭރުގައިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހަތާވީސް އޮންލައިންއިން ހާމަކުރިގޮތުގައި އޭނާ ހުރީ ދުބާއީގައެވެ. ރާއްޖެއިން ފުރާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު 19 ގައެވެ.
ތިވަރު އެދުވަހުވެސް ބަލާފަ ބުނެވޭނެދޯ. އިމިގްރޭޝަން ރިކޯޑްސްއިން ފެންނާނެދޯ.