ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ މިއަދު ނިޔާވި ފުރަތަމަ މީހާއެވެ. ނިޔާވެފައިވަނީ 48 އަހަރުގެ ފިރިހެނެކެވެ.
އެ ގޮތުން ނިޔާވި މީހުންގެ ޢަދަދު ވަނީ 121 އަށް އަރައިފިއެވެ.
އެންމެފަހުން މީހަކު ނިޔާވެފައިވަނީ ރޭ އިރާކޮޅުގައެވެ. އެއީ ޢުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ.