ފުލުހުންގެ ބަންދުގައި ތިބި 2 މީހަކު ބަންދުން ދޫކޮށްލުމަށް ފަހު، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދަނިކޮށް ފިލައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާ އިން ބުނެފައިވަނީ، ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކޯވިޑް އަށް ފައްސިވެފައިވާ ދެމީހަކު ބަންދުން ދޫކޮށްލުމަށްފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑަށް ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދެ މީހުންނަކީ ކޮން މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުން ބައެއް ކަމެށް އެ އިދާރާއަކުން ހާމަ ކޮށްފައެއް ނުވެއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދަނީ ބަލީގެ ހާލަތު ގޯސްވެފައިވާ މީހުންގެ އިތުރުން ހައި ރިސްކު މީހުންނެވެ.