ތައިލެންޑްއިން އިންޑިއާގެ އައު ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.
އިންޑިއާގެ ވޭރިއަންޓްގެ ފުރަތަަމަ ކޭސް ފެނުމާއި އެކު، މި ވޭރިއަންޓްގެ އިތުރު 36 ކޭސް ވަނީ ފެނިފައެވެ. ދިރާސާއިން ދައްކާ ގޮތުގައި، މި ވޭރިއަންޓްގެ ކޭސް ތަކަކީ ކުރިން ފެނުނު ވޭރިއަންޓް ތަކަށް ވުރެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވޭރިއަންޓްއެކެވެ.
ތައިލެންޑްއިން ފެނުނު 36 ކޭސްވެސް ފެނިފައިވަނީ އެ ޤައުމަށް މަސައްކަތް ކުރަން އައި ފަރާތްތަކެއްގެ ފުށުނެނެވެ. އަދި މި 36 ފަރާތްވެސް ތިބީ ބެންގްކޮކް ގައި ކަމަށްވެސް އެ ޤައުމުގެ ހެލްތު މިނިސްޓްރީއިންވަނީ ޢާންމުކޮށްފައެވެ.
ތައިލެންޑްއިން މި ވަގުތު ހަނގުރާމަ ކުރަމުންދަނީ މި ބަލިމަޑުކަން ފެނުނު ފަހުން އެންމެ ބޮޑަށް މި ބަލި ފެތުރެމުން އަންނަ ދުވަސްވަރާއިއެވެ.
ހުކުރުދުވަހު އެކަނި ތައިލެންޑްއިން ވަނީ 3481 މީހުންނަށް އަލަށް ބަލިޖެހިގެން ރިޕޯޓުކޮށްފައެވެ. އަދި 32 ފަރާތްތެއް ވަނީ މި ބަލީގައި ހުކުރު ދުވަހު މަރުވެފައެވެ. އެ ޤައުމުން މި ބަލީގައި މިހާތަަނަށް ޖުމްލަ 735 މީހުން ވަނީ މަރުވެފައެވެ.