ރާއްޖެއިން އިތުރު 1،603 މީހުން ފައްސިވެ ރާއްޖެއިން ޖުމްލަ ބައްޔަށް ފައްސިވި މީހުންގެ އަދަދު 52،405 އަށް އަރާފިއެވެ.
އެޗްޕީއޭއިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން އިތުރު 1،025 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަތޮޅު ތަކުން 571 މީހަކު ބައްޔަށް ފައްސިވެފައި ވާއިރު، ރިސޯޓުތަކުން ބައްޔަށް އިތުރު 7 މީހަކު ވަނީ ފައްސިވެފައެވެ.
ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު 52،405 މީހުންގެ ތެރެއިން 31،197 މީހުން ރަނގަޅުވެފައި ވާއިރު، ހޮސްޕިޓަލު ތަކުގައި އެޑުމިޓުކޮށްގެން ފަރުވާ ދެމުންދާ 286 މީހަކާއި އެކު އެކްޓިވް ކޭސްތަކުގެ ގޮތުގައި 21،079 މީހަކު އެބަތިއްބެވެ.
ރާއްޖެއިން މިހާތަނަށް ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 120 އަށް އަރާފައި ވާއިރު، މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 4 މީހަކު ނިޔާވެފައެވެ.