އަނެއްކާވެސް ކޯވިޑް 19 އަށް ފައްސިވެ ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ދިޔަ އުމުރުން 57 އަހަރުގެ ދިވެހި އަންހެނަކު މިރޭ 07:46 ގައި ނިޔާވެފައި ވާކަމަށެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 120 އަށް އަރާފައެވެ.
މިއީ ރާއްޖެއިން މިބަލީގައި މިއަދު ނިޔާވި 4 ވަނަ މީހާ އެވެ.