ރައީސް މުހައްމަދު ނަޝީދުއަށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ލިބުނު އަނިޔާތަކަށް ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލުގައި ހޯއްދެވި ފަރުވާތަކަށް ފަހު ދޫކޮށްލާފިއެވެ.
އެމަނިކުފާނު ދޫކޮށްލެއްވި ކަން އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް ހަފްތާއަކި 2 ދުވަހު މެޑިކަލް ޗެކަޕްތައް ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އިތުރު މަސްދުވަސް ވަންދެން ޖަރުމަނުވިލާތުގައި މަޑުކުރަން ޖެހިވަޑައިގަންވާފާނެ ކަމަށްވެސް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާތަކަށް އެމަނިކުފާނު އެންމެ ފުރަތަމަ ފަރުވާ ހޯއްދަވާފައި ވަނީ، އޭޑީކޭ ހޮސްޕިޓަލުގައެވެ. އެމަނިކުފާނު އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ.