ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން ނިޔާވެ މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 119 އަށް އަރާފިއެވެ.
މިއަދު މެންދުރު ފަހު 03:45 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް މި ބަލީގައި ނިޔާވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި ނިޔާވި މީހާ އަކީ މާލެ ސިޓީ ކައުންސިލުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.
މިބަލީގައި މިއަދު އެކަނި ރާއްޖެއިން ވަނީ މިހާތަނަށް 3 މީހުން ނިޔާވެފައެވެ.