ހދ އަތޮޅު ހަނިމާދޫ ސުކޫލުގައި ކިޔަވައި ދެމުން ދިޔަ އިންޑިޔާ ޓީޗަރަކު އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ޝުއޫރު ފާޅުކުރުމުން ސުކޫލުން ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސުކޫލުން ވަކިކުރީ ސްކޫލްގެ ސެޝަން އިންޗާޖް އަދި އެސްއެމްޓީ މެމްބަރުގެ މަގާމުގައި ހުރި އެބެންޒަ ސުކްމަރަން ނަމަކަށް ކިޔާ ޓީޗަރެކެވެ.
މިކަމާއި ގުޅިގެން އެ ސުކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ޓީޗަރުގެ ފަރާތުން މީސް މީޑިއާގައި ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ޓީޗަރު އެކަން ކުރީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެސެމްބްލީގައި، ފަލަސްތީނާއެކު އެ ސްކޫލުގެ އެންމެން ވެސް ތިބިކަން ބުނެފައި ވަނިކޮށެވެ.
ފޭއެ ޓީޗަރު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔެފައި ވަނީ ”އައި ސްޓޭންޑް ވިތު އިސްރާއީލް“ މިހެންނެވެ.
މި މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު، ހަނިމާދޫ ސްކޫލުން ނިންމާފައި ވަނީ އެމީހާ ވަޒީފާ އިން ވަކިކޮށް ގައުމަށް ފޮނުވާލުމަށެވެ.
ބަރާބަރު. ހަމަ ހުރިހާ ގޮލައިންނަށްވެސް ތިހެން ހަދަންވީ. އިންޑިއާ މުސްލިމު ރައްޔިތަކަށް އޭނާގެ ގައުމުގަ ހުރެގެން ފަލަސްޠީނަށް ތާއީދުކޮށް އެއްޗެކޭ ނުބުނެވޭއިރު، މިމުސްލިމު މުޖުތަމައުގަ ހުރެ އިންޑިއާގެ ޣައިރު މުސްލިމަކަށް ޔަހޫދީ އިޒްރޭލަށް ތާއީދުކުތެވިގެން ނުވާނެ.