މ.މުލިން ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނުމާއި ގުޅިގެން، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މުލަކު އަތޮޅު ކައުންސިލުން ބުނީ މުލީގައި އުޅޭ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެޗްޕީއޭއިން އެ ރަށް މޮނިޓަރިންގެ ހާާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެޗްޕީއޭއިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ރޭގެ 19:02 ގައެވެ. އެ ގޮތުން އެޗްޕީއޭގެ ހުއްދައެއް ނެތި އެ ރަށަށް އަރައިފޭބުން މަނާވާނެއެވެ.
މުލި ހިމެނޭހެން 64 ރަށެއް މި ވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
64 ރަށޭއްނޫން 200 ރަށްވެސް މޮނިޓަރިންއަށް ލާނ ްްްްްް ވީ އޭރު.ން މިސަރުކާރު ހިތްހަމަޖެހޭ ވަރުވާނީ ބޮޑު ނޮހޮރުއްޕާނެއްކަހަލަ ސަރުކާރެއް އެއްކަމެއް ކުރަން ނޭނގޭ ވިއްޔާ