އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.
މިކަމާއި ގުޅިގެން އެމަނިކުފާނު ވިދާޅިވީ، ކޯވިޑް 19 އަށް ފައްސި ވުމާއި އެކި ގޭގައި އެކަހެރިވެވަޑައިގެން ހުންނެވި ކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނަށް ގޭގައި ހުންނަވައިގެން ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނަކީ، މީގެ ކުރިން ހިތަށް ޕޭސް މޭކާއެއް ލައްވަ ވާފައި ހުންވާ ބޭފުޅެއް ކަމުން އެމަނިކުފާނު ހިމެނި ވަޑައިގަންނަވަނީ، މިބަލީގެ ހައިރިސްކު ކެޓަގަރީގައެވެ.
ރާއްޖޭގެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރު ދުވަހުގެ ޖަލުހުކުމާއި ގުޅިގެން އަދުރޭ ވަނީ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަންފައެވެ. އެމަނިކުފާނުގެ އިރުޝާދުގެ މަތިން އެ ކޯލިޝަނުން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުންވެސް އިދިކޮޅު ކޯލިޝަން ވަނީ އަދުރޭގެ ލީޑާޝިޕްގެ ދަށުން ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.