ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 118 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު 10:54 ގައި އިތުރު މީހަކު ނިޔާވެ، ޖުމްލަ ޢަދަދު 118 އަށް އަރައިފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންއައި ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 118 އަށް އަރައިފައިވާއިރު މިއީ މިއަދު ނިޔާވި ތިން ވަނަ މީހާއެވެ.