އަފްޢާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 9 މީހުން މަރުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ދިން މި ބޮމުގެ ހަމަލާގައި މަދުވެގެން 9 މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ވަނީ މަޢުލޫމާތު ދީފައެވެ.
އަފްޣާނިސްތާނުގެ ހެމްލާންޑް ޕްރޮވިންސްގައި މި ހަމަލާ ދީފައިވަނީ، މަގުމަތީގައި ހަރުކޮށްފައި އޮތް ބޮމެއް ދުއްވި ވެހިކަލްެއެއްގައި ޖެހިގެންނެވެ. މިއީ މި ފަހުގެ ދުވަސްތަކުގައި މި ގޮތަށް ދީފައިވާ ހަމައެކަނި ހަމަލާ ނޫން ކަމަށްވެސް އެ ޤައުމުން ވަނީ ބުނެފައެވެ.
ހެލްމަންްޑްގެ ޑެޕިޔުޓީ ގަވަރުނަރު ބަރްޔަލާއީ ނަޒާރީ ވިދާޅުވެފައިވަނީ، މި ބޮން ގޮއްވާލުމުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންވެސް މަރުވެފައިވާ ކަމަށެވެ.