ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.
މިއީ މިއަދު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި 2 ވަނަ މީހާ އެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ރޭ ފަތިހު 04:06 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޯވިޑް ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 44 މީހަކު ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޯވިޑް އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 117 މީހުންގެ ތެރޭގައި ހިމެނެނީ 104 ދިވެހިންނާއި 13 ބިދޭސީންނެވެ.