ރާއްޖެ އިން ކޯވިޑް 19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ރޭ 10:44 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 93 އަހަރުގެ ދިވެހި އަންހެނަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 116 އަށް އަރައިފި އެވެ.
މި މަހަކީ ރާއްޖޭގައި ކޯވިޑް 19 ފެތުރެން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހެވެ. އެގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއިން މިބަލީގައި 43 މީހަކު ވަނީ ނިޔާވެފައެވެ.