2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަން ލިބިފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ތާއީދުކުރައްވާ ބަޔަކަށް ކަމަށާއި، ނަމަވެސް ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރު ”ހުންނަ ކޮޅު ކޮންމެ ފަހަރަކު ވެސް ބަލިވަނީ“ ކަމަށް ވިދާޅުވެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދު، އާޒިމާއަށް ރައްދު ދެއްވައިފިއެވެ.
ރިޔާޟް މިހެން ވިދާޅުވެފައި މިވަނީ, ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އޭނާގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކުރެއްވިކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ޢީސަގެ ދިފާޢުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ދެއްކެވި ވާހަކަތަކަށް އާޒިމާ ޝުކޫރު ވަރުގަދަ ރައްދެއް ދެއްވައިފައިވަނިކޮށެވެ.
މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ޤާސިމް ކުރެއްވި މެސެޖެއްގައި މެންބަރު ޢީސަގެ ދިފާޢުގައި ދައްކަވައިފައިވާ ވާހަކަތަކާއި ގުޅިގެން އާޒިމާ ވަނީ ޤާސިމަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްތޯއާއި, ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި ހުންނެވި ބޭފުޅެއްތޯ ސުވާލުކުރައްވައިފައެވެ.
އޭގެ އިތުރުން އާޒިމާ ވަނީ ރައްޔިިތުން މަޖިލީހުގެ މެންބަރުކަމުންނާއި، ސިޔާސީދާއިރާއިން ޤާސިމް އެކަހެރިވެވަޑައިގަންނަވާން ޖެހޭކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ މިކަމުގަައި ޖޭޕީގެ ރައުޔެއް ބައްލަވާން ބޭނުންފުޅުވާ ކަމަށާއި، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ އަދި މިހާރުގެ ވަޒީރުންނާއި, މެންބަރުންގެ ރައުޔު ވެސް ބައްލަވާން ބޭނުންފުޅުކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާ މި ވާހަކަތައް ދައްކަވައިފައިވަނިކޮށް ރިޔާޟް ވިދާޅުވީ ޤާސިމަކީ ސިޔާސީ ގޮތުން ކާމިޔާބު ބޭފުޅެއް ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަން ލިބިފައިވަނީ ޤާސިމް ތާއީދުކުރައްވާ ބަޔަކަށް ކަމަށާއި، ނަމަވެސް އާޒިމާ ހުންނަ ކޮޅު ކޮންމެ ފަހަރަކު ވެސް ނާކާމިޔާބުވާ ކަމަށެވެ.
”ރައީސް ނަޝީދާއި، އިބުރާހިމް ނާސިރުގެ ވެރިކަން ފިޔަވައި ހުރިހާ ވެރިކަމެއްގެ މަތިފަޑީގަ ކަމަނާހުރޭ.“ ރިޔާޟް ވިދާޅުވިއެވެ.
ރިޔާޟް މިހެން ވިދާޅުވިއިރު، މިއަދުގެ ސަރުކާރު ގެންނެވުމުގައި ވެސް ޤާސިމް ވަނީ އިސްރޯލެއް ކުޅުއްވައިފައެވެ.
މާތްކަލާކޯ ވެރިކަމަކީ ޤާސިމުހުށްނަކޮޅަކަށްލިބޭއެށްޗެނޫ މާﷲދެށްވީމާލިބޭއެށްޗެށް ބުރާތިނުވުންއެދެން ދަށްކަންއޮތްލާރިކޮޅުއަވަހަށް STO އަށްދަކާހާލާސްކުރައްވާ…..
މިއަދު ތެޔޮ ރިޔާޒަށް ޤާސިމް ދޭނެ ޢަދަދެއް ނުވެސް އެނގޭނެ.
ގެވެހިއަނިޔާއާއި ދެކޮޅުވި އާޒިމާއަށް މައުލޫއިންމުޅިންހެންބޭރުން މިހާރުގެ ވިލުފުށީދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ގާސިމްގެ އަނބިކަނބަލުން ފާޑުވިދާޅުވެއްޖެ
riyaz rasheed ah mahumusaara 50,000 haasrufiyaa seytu athun libeynee seytu hehdhi varakah