ރާއްޖެއިން އިތުރު 2194 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ބުނީ މާލެ ސަރަހައްދުން އިތުރު 1698 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން 467 މީހުންނާއި، ރިސޯޓުތަކުން 29 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެ ގޮތުން މިހާތަނަށް 50،802 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 20276 އަށް އަރައިފައެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި އޭގެތެރެއިން 280 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ. އަދިި މިހާތަނަށް ރަނގަޅުވީ 30403 މީހުންކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެތެރެއިން ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިހާތަނަށް 115 މީހަކު ވަނީ ނިޔާވެފައެވެ.