ރާއްޖެއިން ކޮވިޑުޖެހުނު މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޢުމުރުން 72 އަހަރުގެ ފިރިހެނެކެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 115 ވަނަ މީހާއެވެ.
ނަމަވެސް އޭނާއާބެހޭ ގޮތުން އެޗްޕީއޭގެ ބަހެއް އަދި ނުލިބެއެވެ.
ކޮވިޑު ބަލީގައި މިއަދު އިރުއޮއްސި 18:52 ގައި ވެސް މީހަކު ނިޔާވެފައިވެއެވެ. އެއީ އޭޑީކޭގެ އީއާރްއަށް ގެންދިޔަ ޢުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ނިޔާވިފަހުންނެވެ.