ކޯވިޑް 19 ގެ ސަބަބުން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްޕިއޭއިން މިރޭ މައުލޫމާތު ދެއްވިގޮތުން، މިރޭ އޭޑީކޭ ހޮސްޕިޓަލުގެ އެމަޖަންސީ ރޫމަށް ގެނައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައި ވާކަމަށެވެ.
އަދި އޭނާ ނިޔާވުމާއެކު، އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއެވެ. އަދި އޭނާ ވަނީ ކޮވިޑަށް ފައްސިވެފައެވެ.
އޭނާ ނިޔާވީ މިއަދު އިރުއޮސް 06:52 ގައި ކަމަށްވެސް ވަނީ ބުނެފައެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 114 އަށް އަރާފައެވެ. އަދި މިއީ މިމަހު ރާއްޖެއިން ނިޔާވި 41 ވަނަ މީހާ އެވެ.