ޅ.އޮޅުވެލިފުށީ ފުލޫ ކްލިނިކަށް ދެއްކި 4 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އޮޅުވެލިފުށީ ކައުންސިލުން މިއަދު ހަވީރު ބުނީ އެ ރަށު ފުލޫ ކްލިނިކަށް ދެއްކި 4 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެޗްޕީއޭއިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ބައެއް ސާމްޕަލްތަކުގެ ނަތީޖާ ނުލިބޭ ކަމަށެވެ.
އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު 15:34 ގައެވެ.
އޭގެފަހުން އިތުރު އެކަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު ވަނީ 5 އަށް އަރައިފައެވެ.