މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އޭގެ އިތުރުން އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ ކުދިން ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ތިން ކުދިންގެ އިތުރުން އެ ރަށުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަސް މީހުން އެބަ ތިއްބެވެ. އެ އެންމެންނަކީ ވެސް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުންނެވެ.
އެޗްޕީއޭއިން މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދުގެ 18:01 ގައެވެ.
މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެ އަތޮޅު ކަނޑިތީމާއި، ޅައިމަގު ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި ތިން ރަށް ހިމެނޭހެން ރާއްޖޭގެ 64 ރަށެއް މި ވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.