ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެތެރެއިން މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރީ ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ނަމަވެސް އޭނާއާބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މަހުގެ 6 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ފުލުހުން އަންނަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.