ދިވެހިރާއްޖޭގެ ގާނޫނު އަސާސިއްޔާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް ކެނދިކުޅުދޫ އުދާއިރާގެ މެންބަރު އުހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާއި ގުޅިގެން ރައްޔިތުން މަޖުލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދެއްވާ ނެރުއްވި ބަޔާނުގައެވެ.
އެ ބަޔާނުގައި އިސާ ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މި ވަގުތު ތަހުގީގު ކުރެވެމުންދާތީ ދައުލަތުގެ ކަމާބެހޭ އެންމެހާ މުވައްސަސާ ތަކަށް އެންމެ ފުރިހަމު ގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
މީގެ އިތުރުން އީސަ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައި ނުވާނެ ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ވަކިން ހާއްސަކޮށް އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް އިތުބާރު އެބައޮތް ކަމަށާއި، މިކަމާއި ގުޅިގެން ދައުލަތުގެ މުވައްސަސާތަކަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވީ މިއީ އީސަ އަމިއްލައަށް އިސްތިއުފާ ދެންދެން މަޑުކުރަންޖެހޭ ފަދަ މައްސަލައެއް ނޫންކަމަށާއި ކޮމިޓީގައި ތިއްބެވި، އެހެންނަމަވެސް ބައިވެރި ނުވާ މެމްބަރުން އެހެއްދެވީ ވަރަށް ބޮޑު ގޯހެއްކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އީސަ ވަނީ މަސްތުގެ ހާލުގައި ހުންނަވައިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ ކޮއްކޯ ފުޅު އަސްރާ ނަސީމް (އަސޫ) އާއި ދޮޅު އަހަރުގެ ދަރިފުޅަށް އެކިވަރުގެ އަނިޔާ ކޮށްފައެވެ. އެގޮތުން އަސޫ އަށް އީސަ ކުރި އަނިޔާތަކުގެ ސަބަބުން އެކަމަނާގެ އަތުގައި ވަނީ ރެނދު ލާފައެވެ. މީގެ އިތުރުން ކުޑަ ދަރިފުޅު 9 ވަނަ ބުރީގެ ބެލްކަނިން ވައްޓާލުމަށްވެސް މަސައްކަތް ކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
سبحان لله . ދަރިފުޅު 9 ވަނަ ބުރިން ބިންމައްޗަށް ވައްޓާލަން އުޅުނު ވަގުތު އެކުއްޖާއާއި މަންމަ އަށް ކިހިނެއްވާނީ . ހިތްފަޅއިގެންދާ ވަރުގެ ކަމެއް. މީނަގެ
ދާއިރާގެ މީހުން ވެއްޖެއެއްނު އެގޮޑިއަށް ރަގަޅު މީހަކު
އިސް ކުރަން. އިސޫގެ އަތް ރެސްލާވަރުގެ އަނިޔާ ކޮށްފަމި ބުނަނީ قانون އާޚިލާފު ކަމެއް ނުކުރަމޭ. މީނަ ދަންނަ
قانون ވަރަށް ބިރުވެރިތާ