ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ދިން އަނިޔާތަކާއި ގުޅިގެން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިއްޖެއެވެ.
ގެވެށި އަނިޔާގެ މައްސަލަ އަކާއި ގުޅިގެން މެމްބަރު އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން ވަނީ ޕްރިސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. ޕްރޮސެކިއިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އީސަ ވަނީ މަސްތުގެ ހާލުގައި ހުންނަވައިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ ކޮއްކޯ ފުޅު އަސްރާ ނަސީމް (އަސޫ) އާއި ދޮޅު އަހަރުގެ ދަރިފުޅަށް އެކިވަރުގެ އަނިޔާ ކޮށްފައެވެ. އެގޮތުން އަސޫ އަށް އީސަ ކުރި އަނިޔާތަކުގެ ސަބަބުން އެކަމަނާގެ އަތުގައި ވަނީ ރެނދު ލާފައެވެ. މީގެ އިތުރުން ކުޑަ ދަރިފުޅު 9 ވަނަ ބުރީގެ ބެލްކަނިން ވައްޓާލުމަށްވެސް މަސައްކަތް ކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން އަސޫ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނި، ފާއިތުވި 24 ގަޑިއިރަކީ، އޭނާ އާއި ތުއްތު ދަރިފުޅަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ.
މިކަމާއި ގުޅިގެން މެމްބަރު އީސަ ވިދާޅުވީ، އޭނާއަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރިކަން އެނގިފައި ނުވާ ކަމަށެވެ.
ކާކު ކޮން އިރަކުންބާ ރާބޯ މަޖްލިސް މެމްބަރުންގެ އިސްތިއުފާ އައްވެސ ގޮވާލާނީ؟ އެވެސް ޤާނޫން ޚިލާފްކަމެއް