ލ އަތޮޅު އިސްދޫ ގައި އެމްޓީސީސީއިން ތަރައްގީ ކުރަމުންދާ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެކުންފުނިން ބުނެފައިވަނީ، މިހާތަނަށް ކުރެވުނު މަސައްކަތްތުގެ ތެރެއިން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމި މުޅި މަޝްރޫއުގެ 85 އިންސައްތަ ނިމިފައި ވާކަމަށެވެ. އަދި މަސައްކަތް ވަރަށް ހަލުވި މިނުގައި މިހާރުވެސް ކުރެވުމުން ދާކަމަށް ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދޮ ބަނދަރުގައި ބައްތި ހަރު ކުރުމާއި، 1،650 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.