ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައިވަނި، ލ އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑުމިޓު ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 36 އަހަރުގެ ނޭޕާލް އަށް ނިސްބަތްވާ ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ. އޭނާ ނިޔާވީ، ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 02:00 ގައި ކަމަށްވެސް އެޗްޕީއޭއިން ވަނީ މައުލޫމާތު ލިބިފައެވެ.
މިއާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 113 އަށް އަރާފައެވެ.