ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ފިނިފިނި ވާރެއާ – 10

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މެއި 20, 2021
ވާހަކަ
4
ވާހަކަ: ފިނިފިނި ވާރެއާ – 03

ދިހަވަނަ ބައި

އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނުމުން އެނދުގެ އެއްކޮޅު ދައްކާލާފައި ފަޒިއްތަ އެދުނީ އިށީނުމަށެވެ. ވަރަށް ނޫން ގޮތަކަށް އަހަރެން އިށީނދެ އާމިރުބެ ގެ ވާހަކަ އަހާލުމުން އަދި މިސްކިތުން ނާންނަ ވާހަކައާ މިހާރު އަންނާނެ ވާހަކަ ބުންޏެވެ. އަހަރެންގެ ދިރިއުޅުމާ ބެހޭ ގޮތުން ވަރަށް ސުވާލު ކުރުމަށްފަހު އަހާފާނެތީ އަހަރެން އެންމެ ބިރުން ހުރި ސުވާލުވެސް ކޮށްފިއެވެ.

”ފަރީ މީހަކާ އިނީތަ ދެން މިހާރު!“

ފަޒިއްތަގެ މި ސުވާލަށް އަހަންނަށް ޖަވާބު ދެވުނީ ތަންކޮޅެއް އުނދަގުލުންނެވެ.

”ނޫން! އަދި ތިކަހަލަ ކަމަކާ ނޫޅެން!“

އަހަރެން ވަރަށް ލަދުން ހުރެ ޖަވާބު ދިނީމެވެ.

”ކީއްވެ!“

އަހަރެން ބުނަންވީ ކީކޭ ހެއްޔެވެ. އަހަރެން އިންނަން ބޭނުންވާ މީހާ ނުލިބުނީއޭ އަހަރެން ބުނާނީ ކިހިނެތްހެއްޔެވެ!

ނަސީބަކުން އެސުވާލުގެ ޖަވާބު ނުދެވެނީސް އާމިރުބެ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަހަރެން ފެނުމުން ފަރީ ކިހިނެއްހޭ އަހާލިއެވެ. އަހަރެން ރަނގަޅޭ ބުނީމެވެ. އެވަގުތު ގެންގުޅުނު ޚަތިމް ހެޑްބޯޑުމަތީ ރީތިކޮށ ްބޭއްވުމަށްފަހު ފަޒިއްތަ ތެދުވެ ހިންދަމައިލިއެވެ.

”ހިނގާ އެންމެން ކާންދާން!“

ފަޒިއްތައާ އެކު އަހަރެން ވެސް ބަދިގެ ބަޔަށް ހިނގައްޖައީމެވެ. ކާން ހެދީ ފަޒިއްތައެވެ. އަހަރެން ވެސް ބައެއް ފަހަރު އަތްގާތްކޮށްދީ ހެދީމެވެ. މޭޒުމައްޗަށް ކާއެއްޗެހި އަރުވާ ނިމުމުން އަޒާންއަށް ކާން ގޮވާބަލާށޭ ފަޒިއްތަ އަހަރެން ގާތުގައި ބުންޏެވެ. ފަޒިއްތަ މިހަވާލުކުރި މަސައްކަތް ކުރަން ޖެހުމުން އަހަންނަށް ހީވީ އަހރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހިނގައިގަންނަން ވެސް ނޭނގިފައި އިރުކޮޅަކު އަހަރެން ހުރީމެވެ. ނުގޮސް ހުންނާކަށް ވެސް ނުކެރޭނެއެވެ. އެހެންކަމުން ބުނާނެ އެއްޗަކާމެދު ވިސްނަމުން ބަދިގެ ބައިން ނިކުމެގެން މަޑުމަޑުން ގޮސް އަޒާންގެ ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލައިފީމެވެ.

”ޒިންދު! ކޮއްކޯ! މަންމަ އެބަގޮވާ!……“

އަހަރެންގެ އަޑު އިވުމުން ފުރަތަމަ ބަލައިލީ އަޒާން އެވެ. އެ ބެލުމުން ސަލާމަތްވާން އިސްޖަހާލަމުން އަނެއްކާ ވެސް ވާހަކަދެއްކީ އަހަންނެވެ.

”ދެބަފައިން ކާން އަންނާށޯ!“

ކޮޓަރިން ޖަވާބެއް ނުލިބުމުން އެތެރެއަށް ރަނގަޅަށް ނަޒަރު ހިންގައިލީމެވެ. އެވަގުތު އަހަންނަށް ފެނުނީ އަޒާން އޮށޯވެ އޮތްއިރު އަޒާންގެ މޭމައްޗަށް އަރާ ސަކަރާތް ޖަހަން އިން ކުޑަކުޑަ ޒިންދެވެ. އަހަރެން ހަމަ ފެނުމާއެކު ޓީޗަރ އާދޭއޭ ބުނެލިއެވެ.

”މަންމަ އެބަހުރި ޒިންދު ކޮއްކޮއަށް ކާން ހަދައިގެން !“

އަހަރެން ކުޑަކޮށް ހީނލުމަށްފަހު ބުނެފީމެވެ. ޒިންދު ބަލައިލީ އަޒާންގެ މޫނަށެވެ. އަދި ދެން ތުން ފިއްތާލުމަށް ފަހު ގަދަ ހަދައިލިއެވެ. އަޒާން ވެސް ޒިންދުއާ އެއްބައި ވެލުމަށް ޒިންދުގެ ކޮލުގައި ކޮއްޓައިލަމުން ހީނލިއެވެ.

”ޒިންދު ކޮއްކޮ ދާނީ ޓީޗަރ ވެސް ބޭބީއާ އެއްކޮށް ކުޅުނީމަ. ދޯ ޑެޑީ!!“

ޒިންދު ބޮޑާހާކަން ފެށިއެވެ. އަދި އަޒާންގެ މޭމަތިން ފައިބައިގެން އައިސް އަހަރެންގެ އަތުގައި ހިފާ ދަމަން ފަށައިފިއެވެ. ޒިންދުގެ އެ ތުއްތުތުއްތު އުޅުމުގައި ހުރީ ލޯބިން ހިތް ފުރޭފަދަ ސިފަ ތަކެކެވެ. އެވަގުތު އަޒާން އެނދުން ތެދުވެ އެނދުގެ މަގަތުގައި އިށީންނަނީއެވެ. ދެ ލޯ އަމާޒުވެފައި ހުރީ އަހަންނަށެވެ. ޒިންދު އަހަރެންގެ އަތުގައި ހިފައިގެން ގެން ގޮސް އަހަރެން ވެސް ބޭންދީ އަޒާންއާ ޖެހިގެން އެނދުގައެވެ. އަހަރެން ކުޑަކޮށް ފަސް ޖެހުނުތަން ފެނުމުން އަޒާން އަހަރެން އިށީންނަން ތަން ދެއްކިއެވެ. އަހަރެން އެތާ ބޭންދުމަށްފަހު ކުޅޭ އެއްޗެހި އަޅާ ވަށިގަނޑުން ބޯޅައެއް ހިފައިގެން އައިސް ބޯޅަ އަހަރެން އަތަށް އެއްލަން ފެށިއެވެ. އަހަރެން އިނީ ޒިންދުއާ އެކު ކުޅެން ނަމަވެސް ގާތުގައި ހަމަ ވަރަށް ގާތުގައި އެ މީރުވަހާއެކު އަހަންނަށް ބަލަން އިން އަޒާންގެ އެ ބެލުމުން ލަދުގަތަސް އެ ވަގުތުކޮޅު ގަރުނަކަށް ދެމިގެން ދިއުން އެދިއެދި އިނދެވުނެވެ. އަޒާންގެ މޫނުން އަހަންނަށް ކިޔަން އެނގުހާ ވެސް މިންވަރަކީ އަޒާން ވެސް އެ ވަގުތުކޮޅަށް ރުހިގެން އިން މިންވަރެވެ. އެހެންކަމުން އިރު އިރުކޮޅާ ވަށްކަޅިން އަހަންނަށް އަޒާންއަށް ބަލައިލެވެއެވެ. އެއީ އަހަރެންގެ ހިތުގައި އަދި ވެސް އަޒާންއަށް އޮތް ލޯބީ އެ އޮތް ގޮތަށް އޮތްކަމުގެ ފެހި ސިގުނަލެއްކަން ޔަގީނެވެ. އަހަންނަށް ނޭނގެނީ އަޒާންގެ ހިތުގައި ހިނގަމުންދާ ޝުޢޫރަކީ ކޮބާކަމާ ކިހާވަރަކަށް ކަމެވެ.

އެއްވެސް ކަމެއް އަހަރެން ބޭނުންގޮތަކަށް ނުދާ އުސޫލުން މިފަހަރު ވެސް ކަން ވީ އެ ގޮތަށެވެ. ބޭރުން ފަޒިއްތަ ގޮވައިލި އަޑު އިވުމުން އަޒާންއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަހަންނަށް ބަލައިލެވުނީ އަނެއްކާވެސް އަޒާންއާ ދިޟާއަށެވެ. ފަހަރެއްގައި އަޒާން، އަޒާންގެ މަންމައަށް އަހަރެމެން މިތިބަ ގާތްކަން ފެނިދާނެތީ ޖެހިލުންވީއެވެ. އަހަންނަށް މާނަ ނެގުނީ އެގޮތަށެވެ.

އަހަރެން ވެސް އަތުގައި އޮތް ބޯޅަ ވަށިގަނޑަށް ލުމަށްފަހު ޒިންދުގެ އިނގިލީގައި ހިފައިގެން ކޮޓަރިން ނިކުމެއްޖައީމެވެ. އޭރު އަޒާން ގޮސް ކާކޮޓަރީގެ ގޮނޑީގައި އިށީންނަނީއެވެ.

މޮންޓެސޫރީ ސްކޫލެއްގައި މަސައްކަތް ކުރަން އަހަރެން ދިޔައީ ޠޮބީޢީ ގޮތުން ވެސް ކުޑަކުދިން ދެކެވާ ލޯތްބަކުންނެވެ. ޒިންދު ކަހަލަ މަންމައެއްގެ ލޯބިން މަޙުރޫމުވެފައިވާ ތުއްތުތުއްތު ކުއްޖަކަށް އަޅާލުމާ އެހީތެރިކަންދީ އެކުއްޖާއަށް އުފަލެއް ދެވިއްޖެއްޔާ ގައިމު އަހަރެން އުފާވާނެއެވެ.

ފަޒިއްތަ ގާތު އެނބުރި އެނބުރި އަހަރެން ހުރިއިރު ފަޒިއްތައަށް ޒިންދުއަށް ކާންދޭން އުދަނގޫވަރު ފެނުނެވެ. އެކަމާ އަހަރެންގެ ހިތުގައި ހަމްދަރިދީ އުފެދުނެވެ. އެހެންކަމުން ފަޒިއްތަ އަތުން ޒިންދުގެ ކާތަށި އަތުލުމަށްފަހު ޒިންދުއަށް ކާންދިނީ އަހަންނެވެ. އެ ކަމުގައި އަހަރެން އުޅުނު ގިނަވަގުތު އަޒާން އިނީ އެތަނަށް ބެލުމުގައެވެ. ޒިންދު ހީނލާ ސަކަރާތް ޖަހާލާ ހަދާލާ ވަގުތުތަކުގައި އަހަންނާ އެކު އެ ހުނުމުގައި އަޒާންވެސް ބައިވެރި ވެއެވެ. މިކަންކަމުން ބަޔާން ކުރަންދަތި ރޫޙީ އުފާތަކެއް އަހަރެންގެ ހިތާ ފުރާނައަށް ލިބެމުން ދިޔަފަދައެވެ.

އަހަރެން ޒިންދުގެ ކާތަށި އަތުލުމުން އާމިރުބެއާ ފަޒިއްތަ އުޅުނީ ކެމާއިގެންނެވެ.

”ފަރީ! ރަނގަޅަށް ކައްޗޭ! ”

ކައިނިމިގެން ތަށިތައް ނަގާ ސިންކަށް ލާފަ ކާބައިން ނިކުމެގެން ދަމުން ފަޒިއްތަ އަހަންނާ މުޚާތަބުކޮށް ބުންޏެވެ.

އަހަރެން ކައި ނިމެންދެން ޒިންދު އުޅުނީ އަހަރެންގެ ޝޯލްއާ ކުޅުމުގައެވެ. އަޒާން ވެސް އިރުކޮޅަކު އެތާ މަޑުކުރިއެވެ. އެހެނަމަވެސް ޒިންދު އަހަރެން ގާތަށް ދޫކޮށްލުމަށްފަހު އަޒާންވެސް ގޮސް ކޮޓަރިއަށް ވަނީއެވެ. ފަހަރެއްގައި އަހަންނާއެކު އެތާ އިންނަން އަޒާންއަށް އުދަނގޫ ވީކަމަށް ވެސް ވެދާނެއެވެ. ގައިމު އަހަންނަށް ވެސް ކާން އެތާ އިންނަން ވެސް ފަސޭހަވާނެއެވެ.

ޒިންދު އެދުނީ ކައި ނިމުމުން ޒިންދު ނިންދަވަން ކޮޓަރިއަށް އަހަރެން ވެސް ދިއުމަށެވެ. ނޫނެކޭ ބުނަން އަހަންނަކަށް ނުކެރުނެވެ. އެވަގުތު ސިންކަށްލީ ތަށިތައް ދޮންނަން ވެގެން ކާކޮޓަރިއަށް އަލުން އައިސް ވަން ފަޒިއްތަގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. ފަޒިއްތަ އެއްވެސް އެއްޗެއް އެއަކަށް ނުބުނެއެވެ. ކުޑަކޮށް ބޯޖަހައިލަމުން އަހަންނާ ހީނލުމަކުން ޖަވާބު ދިނެވެ. އެކަމަށް އެދިގެން ހުރި ފަދައިންނެވެ. އެހެންނަމަވެސް އަހަރެން ހުރީ ކަންބޮޑުވެފައިހެން ހީވާތީ ފަޒިއްތަ ޒިންދު ހުއްޓުވަން އުޅުނެވެ. ދޫނުކުރުމުން އެކުޑަ ކުއްޖާގެ ހިތަށް އަނިޔާ ނުދޭން ވެގެން ޒިންދު ގޮވައިގެން އަހަރެން ދިޔައީ އަޒާންގެ ކޮޓަރިއަށެވެ. އަޒާން ބޭރުގައި މަޑުކޮށްލީއެވެ. ކޮޓަރިއަށް އަޒާންވަނީ އަހަރެން ޒިންދު ނިންދަވާފައި ނިކުތުމުންނެވެ.

އަޒާން އިނީ ސިޓިންގރޫމު ގޮނޑިއެއްގައި ޓީވީއަށް ނަޒަރު ހުއްޓައިލައިގެންނެވެ. އަޒާން އެތާ އިންތަން ފެނުމުން ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ދެން ގޮސް އަޒިއްތަ ގާތު ދަނީކަމަށް ބުނުމުން މާދަމާ ވެސް އަންނާށޭ ބުންޏެވެ. އަހަރެން ބޯ ޖަހާލަމުން ކޮޓަރީގެ ދޮރުލައްޕާލާފައި، ނިކުންނަން ހިނގާގަތީމެވެ. އޭރު އަޒާން އިނީ އަހންނާ ދިމާއަށް ބަލަހައްޓައިގެންކަން އަހަންނަށް އެނގުނެވެ. މޫނުމަތިން ހީވަނީ ދެންމެ ދެންމެ ކޮންމެވެސް ވާހަކައެއް ބުނެފާނެހެންނެވެ. އެކަމަކު އަހރެން މަޑެއް ނުކުރަމެވެ.

މަޑު މަޑުން ހިނގާލާފަ އަހަރެން ގޮސް ލިފުޓަށް އަރަން ފަރި ކޮށްލިތަނާ ފަހަތުން އައިސް އަރާ ހަމަ ކުރަމުން ވާހަކަ ދައްކާލަން މަޑުކޮށްލެވިދާނެތޯ އަޒާން އެހިއެވެ. ވަރަށް ގިނަ ކަންކަން ކުރަން އެބަހުރިކަމަށްބުނެ އަހަރެން އުޒުރުވެރިވީމެވެ. އަޒާންގެ މޫނަށް ނުވެސް ބަލާހުރެއެވެ.

”އެހެންވިއްޔާ ހިނގާ ގެއަށްލައިދޭނަން! އަވަސް ވާނެއެންނު! “

ޖެހިލުމެއް ނެތި އަޒާން އެ ދައުވަތު ދިނުމުން އަހަންނަށް ހުއްޓި ހުރެ އަޒާންގެ މޫނަށް އަނެއްކާ ވެސް ބަލާލެވުނެވެ. ފަރުވާތެރިކަމާއެކުގައެވެ. އަދި ބުނީމެވެ.

”ހިލޭ ފިރިހެނުންގެ ސައިކަލުގެ ފަހަތު ސީޓު ވީ ،އަހަންނަށް ވަރަށް ވިހަ އެއްޗަކަށް! “

މާނަވީ ގޮތަކަށް އަހަރެން އެހެން ބުނުމުން އަޒާން އިސްޖަހާލިއެވެ. އަދި ސިކުންތުކޮޅެއްގެ މެދު ކެނޑުމަށްފަހު ވާހަކަ ދެއްކިއެވެ.

“އަހަރެން މިއީ ހިލޭ މީހެއް ނޫނެއްނު! އަހަރެން މިއީ ހިލޭ މީހެއްތޯ ތި ހިތާ ނިކަން ސުވާލު ކޮށްލަބަލަ!“

އަޒާން ހީވަނީ އަހަރެންގެ ހިތުގައި ފޮރުވާފައި ހުރި ހުރިހާ އެއްޗެއް އެނގިގެން ވާހަކަ ދައްކާހެންނެވެ. އާނއެކެވެ. ޤުދުރަތުން ދެމީހެއްގެ ހިތުގައި ގުޅުމެއް އުފަން ކުރުވައިފިނަމަ ބަސްމޮށޭކަށް ލަފުޒުތަކެއް ބޭނުމެއް ނުވާނެއެވެ.

“ހިތަކު ނެތް އެއްވެސް އެއްޗެއް! ގައިމު އަހަންނެއް އެއްވެސް މީހެއްގެ ގާތަކު އަހަރެން އެމީހާ ދެކެ ލޯބިވެޔެކޭ ބުނެފައެއް ނޯންނާނެ!“

ނިކަން ގަދަކޮށްލާފައި އަހަރން މި ބުނި ޖުމްލަ އަޒާންއަށް ވަރަށް ރަނގަޅަށް ދޭހަވިއެވެ.

މިހެންބުނަމުން އަހަރެން ހިނގައިގަތްތަނާ އަޒާން ކުއްލިއެއްޖަހާ އަހަރެންގެ އަތުގައި ހިފާ އަނބުރައިލިއެވެ. އަޒާންގެ މި ޙަރަކާތުގެ ސަބަބުން އަހަންނަށް ހުރެވުނީ ރަނގަޅަށް ވެސް އަޒާންގެ މޭމަތީ މޫނުޖެހޭހާ ގާތުގައި ސީދާ ކުރިމަތީގައެވެ. އޭރު އަޒާންގެ ނޭވާގެ ހޫނު އަހަރެންގެ މޫނަށް އެޅެމުންދިޔައެވެ. އިރުކޮޅަކަށްފަހު އެއްކަލަ ރަސްމީ ރާގުގައި އެ އޯގާތެރި އަޑުން ބުންޏެވެ

”ފަރީ، ދެން ގޮތް ދޫކުރަން ވެއްޖެނު. މިހާރު ތިހެން ތި ހިތަށް އަނިޔާ ދޭތާ ކިތަށް އަހަރު!“

އެހިސާބުން އަހަރެންގެ މިޒާޖަށް ބަދަލުތަކެއް އައިސް ރުޅިއާދެވޭ ގޮތް ވެއްޖެއެވެ.

”އަހަރެން؟ ……… އަހަރެން ކީއްކުރީ! ވީކަމެއް ވީ އަހަރެންގެ އިޚުތިޔާރަކު ނޫނޭ މިސްޓަރ ސްވިޓް!“

ރުންކުރު ރާގަކަށް ބުންޏަސް އަހަރެންގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ހަޤީގަތުގައި އަހަރެން ބޭނުންވީ މިހާރު އަހަރެން ބުނަން ބޭނުން ކޮންމެ ވާހަކައެއް ވެސް ޖެހިލުމެއް ނެތި އަޒާންގެ ކުރިމަތީ ބުނެވޭކަން އަންގާލާށެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ކަންތަކާ ބެހުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެއޭ ބުނަމުން ލިފްޓަށް ވަދެއްޖައީމެވެ.

ގެއަށް ވަދެވުމާއެކު ކުރިއަށް އޮތް ދުވަހަށް ބައެއް ކަންކަން ހަމަ ޖައްސާލުމަށް ފަހު އުޅެގަތީ ނިދުމަށެވެ. ހަށިގަނޑަށް ލިބިފައިހުރި ލޮޑުކަމާ އަޒާންއާ އެކު ވެވުނު އަރައިރުމުން ސިކުނޑިއަށް ވެސް އަރާމު ބޭނުންވާތީއެވެ.

ޖެހިގެން އައި ދުވަހު އަހަރެން ފަޒިއްތަމެންގެއަކަށް ނުދަމެވެ.

ފަޒިއްތަ އަހަރެން ނުގޮސްގެން ގުޅިވެސް މެއެވެ. އަހަރެން ޖަވާބުދިނީ ވަގުތެއް ވީމާ ދާނެކަމަށެވެ. އެދުވަހަކީ މާ ބިޒީ ދުވަހެއްކަމުގައި ބުނަމުންނެވެ. އެގެއަށް އަހަރެން ނުދިއަޔަސް މުޅި ދުވަހު އަހަންނަށް އުޅެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ. އެ ދުނިޔޭގައި އުޅުނީ އަހަންނާ އަޒާންއެވެ. ބައެއް ފަހަރު ފަނޑުގޮތަކަށް ޒިންދު ވެސް އެ ޚިޔާލުގެ ތެރެއަށް ފޭދިގެން އާދެއެވެ. އަޒާން ދެ ފަހަރަކު ގުޅި ވެސް މެއެވެ. ދެވަނަ ފަހަރު ގުޅީ އަހަރެން ކުލާހުގައި ހުއްޓައެވެ. ފުރަތަމަ ފަހަރު ގުޅީ ސްކޫލަށް ދާން ތައްޔާރުވާން ފާޚާނާގައި ހުއްޓައެވެ. ދިރިއުޅުމުގެ މިހިސާބުން އަހރެންގެ ލޯބި ލިބިގަތުމަށް މަގުފަހިވެފައި އޮތްވާ އެ ފުރުސަތު ގެއްލޭކަށް އަހަރެން ބޭނުމެއް ދެން ނުވެއެވެ. އެހެންކަމުން އަޒާންއަށް މެސެޖު ކުރީ އެ ގުޅުން އަޒާން ބޭނުމިއްޔާ ކުރިއަށް ގެންދަން ބޭނުންވާތީއެވެ.

”ކޮންމެ ފަހަރަކު ތި ގުޅަނީ އަހަންނަށް ފޯނު ނުނެގޭފަދަ ޙާލަތަކާ ދިމާކޮށް! ތިމަންނަ ފަރީއަށް ގުޅީމަ ފޯނު ނުނެގިއޭ ބުނަން، ދޯ!“

ސަމާސާ އެކުލެވިފައި ވިޔަސް ދެމާނަ އެކުލެވޭ ލަފުޒުތަކަކުން އަހަރެން މެސެޖު ކުރީމެވެ.

”އެންމެ ދަތި ގަޑި ގަޑީގަ ގުޅީމަ ނު އުދަނގޫ ވާނީ!“

އަޒާން ވެސް ކޮށްލީ ސަމާސާއެކެވެ.

”އަދި ވެސް އުދަނގޫތަ ކުރަންވީ! …. އެހެން ނޫނަސް ކިހިނެއް އެނގެނީ އަހަންނަށް އުދަނގޫކަމެއް ވީ!“

އަހަރެންގެ މެސެޖު ކިޔާލުމަށްފަހު އަޒާން ޖަވާބު ލިޔަން އިރުކޮޅެއް ނެގިއެވެ.

”އަހަންނަށް އެނގޭ ފަރީއަށް އަހަރެން ގުޅުމަކުން ނުވަތަ މެސެޖު ކުރުމަކުން އުނދަގުލެއް ނުވާނެ ކަން. އެކަމު އަހަރެން އެހެން އަނެހެނަކަށް ބަލައިލިކަން އެނގުނަސް އުދަނގޫ ވިއެއްނު!“

”ކާކު ތިހެން ބުނީ!“

އަވަސް އަވަހަށް އަހަރެން ސުވާލުކުރީމެވެ.

”އަހަރެންގެ ހިތް ބުނީ! އެއަށްވުރެ އަހަރެން ދެކެ ލޯބިވާނެ ފަރާތަކީ ކޮބާ!“

ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އަޑުން އަޑުނަގާ ރޮއެ ގަންނާނަމޭ ހިތަށް އެރިއެވެ. އުފަލުންނެވެ. އަހަރެމެން ދެމީހުން ވަރަށްގިނަ އިރުވަންދެން އެފަހަރު ވާހަކަ ދައްކަން ތިބީމެވެ.

އެރޭ ތަންކޮޅެއް އަވަހަށް އަހަރެން ނިދަން އޮށޯތީ ކުރާނެ މާގިނަ މަސައްކަތެއް ނެތުމުންނެވެ. އެހެންވެ އަޒާންއާ ވާހަކަ ދައްކާލަންށާ އެއްކޮށެވެ. އެކަމަކު ހީކުރި ގޮތަކަށް ނުވިއެވެ. އަޒާން އޮންލައިންގައި ނެތުމުންނެވެ.

އަޒާން ގުޅުމުން ފޯނު ނަގަން ނުނަގަން ހުރެފައި ވެސް އަހަރެން ފޯނު ނެގީމެވެ. އަޒާން އެދުނީ ބޭރަށް ނިކުމެލުމަށެވެ. ބޭރުގައި އަހަރެންގެ އިންތިޒާރުގައި އަޒާން ހުރީމައެވެ.

ނުނިމޭ…

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާވީސް ވަނަބައި

މާރޗް 20, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެކާވީސްވަނަ ބައި

މާރޗް 13, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ވިހިވަނަ ބައި

މާރޗް 6, 2023

Comments 4

  1. Unkwn says:
    2 years ago

    Firiheneh kalw😂😂 I do use kalw for girls s well as boys😂😂😂

    Reply
  2. Unkwn says:
    2 years ago

    Kalw hama mareh.. Iraafa hama habeys😂😂😂😂

    Reply
    • Eyna says:
      2 years ago

      Mi vaahaka liyanee anheneh tha .dhen hama reethi kamun. Ahaalee. V salaam. 💕💖💝firihenehtha

      Reply
      • Unkwn says:
        2 years ago

        Firiheneh kalw😂😂 Im do use kalw for girls s well as boys😂😂😂

        Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In