ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަގުތުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ގޮވާލައިފި އެވެ.
މެމްބަރު ހައިތަމް މިފަދައިން ގޮވާލައްވާފައި މިވަނީ، އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ދޮޅު އަހަރުގެ ކުޑަ ދަރިފުޅަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ފެންމަތި ވުމާއި ގުޅިގެންނެވެ.
އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު ހައިތަމް ވިދާޅުވީ މެމްބަރު އީސަ ހައްޔަރު ނުކޮށް ލަސްވަނީ ކޮން ސަބަބަކާ ހުރެތޯ ފުލުހުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މެމްބަރު އީސަ ގެ އެއަމަލު ތަކާއި ގުޅިގެން، މަޖިލީހުގެ މެމްބަރުން ވެސް މިހާރު ލަދު ގަންނަންޖެހޭ ކަމަށާއި މިހާރުން މިހާރަށް އީސަ ހައްޔަރު ކުރަން ޖެހޭ ކަމަށް ވަނީ ގޮވާލާފައެވެ.
މެމްބަރު އީސަ ވަނީ، މަސްތުގެ ހާލުގައި ހުންނަވާ، އަނބިކަނބަލުން އަސޫ އަދި، ދަރިކަލުންނަށް އަނިޔާ ކޮށްފައެވެ. އަދި އަސޫ އަށް ކުރި އަނިޔާ ތަކުގެ ސަބަބުން އެކަމަނާގެ އަތުގައި ވަނީ ރެނދު ލާފައެވެ. އެމައްސަލައިގެ ބަޔާން ދެއްވުމަށް އަސޫ ވަނީ މިއަދު ހަވީރު ފުލުހަށްވެސް ވަޑައިގެންފައެވެ.