އިންޑިއާގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ވޭރިއަންޓާއި ދެކޮޅަށް އެމެރިކާގެ ވެކްސިންތައް މަސައްކަތް ކުރާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެފިއެވެ.
މިދިޔަ އަހަރު އިންޑީއާއިން ފެނިފައިވާ ވޭރިއަންޓްއަކީ ސަމާލުވާން ޖެހޭ ނުރައްކާތެރި ވޭރިއަންޓްއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.
އެމެރިކާގެ ޑިރެކްޓަރ އޮފް ޔޫއެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީއެންޑް އިންފެކްޝަސް ޑިޒީޒް ޑރ. އެންތޮނީ ފައުޗީ ވަނީ މިކަމަށް ދިރާސާއެއް ކުރައްވަވައި، މި ވޭރިއަންޓްއާއި ދެކޮޅަށް މި ވެކްސިންތައް މަސައްކަތް ކުރާ ކަމަށް ހާމަކުރައްވާފައެވެ.
ވައިޓް ހައުސްގެ ސީނިއަރ ކޯވިޑް އެޑްވައިސަރ، އެންޑީ ސްލާވިޓްވެސް ވަނީ މިކަމާއި އެއްބަސްވެވަޑައިގެންފައެވެ.