ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އޭނަގެ އަންހެނުން އަސޫ ނަސީމްއާއި، ދަރުކަލުންނަށް ދިން އަނިޔާ އާއި ގުޅިގެން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ ކަމަށް ކުޑަކުދިންގެ ހައްގުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވަކާލާތުކޮށް އަޑު އުފުލަމުންދާ ވޮއިސް އޮފް ޗިލްޑްރެން އިން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު އީސަ ވަނީ، މަސްތުގެ ހާލުގައި ހުންނަވާ، އަނބިކަނބަލުން އަސޫ އަދި، ދަރިކަލުންނަށް އަނިޔާ ކޮށްފައެވެ. އަދި އަސޫ އަށް ކުރި އަނިޔާ ތަކުގެ ސަބަބުން އެކަމަނާގެ އަތުގައި ވަނީ ރެނދު ލާފައެވެ. އެމައްސަލައިގެ ބަޔާން ދެއްވުމަށް އަސޫ ވަނީ މިއަދު ހަވީރު ފުލުހަށްވެސް ވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން ވޮއިސް އޮފް ޗިލްޑްރެން އިން ކުރި ޓުއީޓެއްގައި ވިދާޅުވީ، މެމްބަރު އީސަ ވަގުތުން ހިފާ ހައްޔަރު ކުރުމަށް ފުލުހުންގެ އިދާރާއަށް ގޮވާލާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަދި އެމްޑީޕީ އިންވެސް މިކަމާއި ގުޅިގެން އީސަގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވަނީ ބުނެފައެވެ.
މީގެ އިތުރުން ޓުއީޓުގައި ބުނެފައިވަނީ، އީސަ ވަނީ އޭނާގެ އަންހެނުންނަށް އަނިޔާވެރި ވުމުގެ އިތުރުން ކުޑަ ކުއްޖަކަށް ނަފްސާނީ ގެއްލުންވެސް ދީފައި ކަމަށެވެ. އަދި މިފަދަ ކަންކަމަކީ، އަޅާނުލާ ދޫކޮށްލާނެ ކަންކަން ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
މަސްތުގެ ހާލުގައި ހުންނަވައިގެން އަނބިކަނބަލުންނަށް އަނިޔާ ކުރުމުގެ އިތުރުން މެމްބަރު އީސަ ވަނީ، ކުޑަ ދަރިފުޅު ބެލްކަނީއިން ބޭރަށް އެއްލާލުމަށް މަސައްކަތް ކޮށްފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
LBoey varu