ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒައްތެރި މެންބަރު އަހުމަދު އީސަ، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސޫ ނަސީމް އާއި ދަރިކަލުންނަށް ދިން އަނިޔާ އާއި ގުޅިގެން ފުލުހައް ހުށައެޅި މައްސަލައިގައި ބަޔާން ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި މެމްބަރު އީސަގެ ފަރާތުން އެމަނިކުފާނުގެ އަނބިކަނބަލުންނަށް އެކިފަހަރު މަތިން ވަނީ އެތައް އަނިޔާތަކެއް ކޮށްފައެވެ. އަދި ރޭ ދަންވަރު ވެސް އެކިވަރުގެ އަނިޔާ ކުރި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި ރޭ ދަންވަރު އެކެއް ޖެހިހާއިރު އީސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.
މީގެ އިތުރުން ފުލުހުންނާއި އެކު އަސޫ ވަނީ ރޭގެ ވަގުތެއްގައި ޑޮކްޓަރަށް ދައްކާ ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވާފައެވެ. އަދި ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން އަސޫ އަށް އެކިވަރުގެ ބޮޑެތި އަނިޔާތައް ލިބިފައި ވާކަމަށް ވަނީ ދައްކާފައެވެ.
މެމްބަރު އީސަ ރޭ އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަނިޔާ ކުރީ، މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި، ދަރިފުޅު ބެލްކަނީއިން ބޭރަށް ވައްޓާލަން މަސައްކަތް ކުރި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އީސަގެ އަނބިކަނބަލުން އަސޫގެ އަތުގައި އީސަގެ އަނިޔާތަކާއި ގުޅިގެން ރެނދު ލާފައި ހުރި ކަމަށް ޑޮކްޓަރުގެ ރިޕޯޓުން އެނގެއެވެ.
މިކަމާއި ގުޅިގެން އަސޫ ފުލުހަށް މައްސަލަ ހުށައަޅާ އެކަމާއި ގުޅިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި ވަނީ ބަޔާންދޭން ފުލުހަށް ވަޑައިގެންފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވާކަމަށާއި، އެހެން ނަމަވެސް މިފަދަ މައްސަތަކުގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު ހާމަ ނުކުރާނެ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން މެމްބަރު އީސަ ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހަށް ހުށައެޅިކަން އެނގިފައި ނުވާކަމަށާއި، އެކަމާއި ގުޅިގެން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
މެމްބަރު އީސަގެ މައްޗަށް މި މައްސަލަ ސާބިތު ވެއްޖެނަމަ އެމަނިކުފާނުގެ ގޮނޑި ގެއްލޭނެއެވެ.
މިހާރު ވަރިކޮށްގެންއުޅޭތާ ފަސް ަރަކަށްމަސްވެދާނެ
ކީއްވެ އެއްއެޕާޓްމަންޓެއްގައި އުޅެނީ ދެންމިއަނިޔާއަކީ ހަގީގަތުގައި ެސް ކޮށްފައިވާ އަނިޔާއެއްނަމަ މީބަލައިގަނެވޭނެ ކަމެއްނޫން އެކަމު ހުކުމްކަނޑައަޅާނީ ތަހުގީގަށްފު އެހެންނޫންތޯ
ވެދާނެ ފަހަރެއްގަ މީނުކުރާކަމެއްކަމަށްވެސް އެއި އ އީސާއަކީ ސަރުކާރުފަޅީގެ ބޭފުޅަކަށްވެފަ ފައިސަލް ނަސކމަކީ ނައިބުރައީސަށް ވީމަމިކަމުގައި އެއްމެފައިދާހުރިގޮތަކީ ދެމީހުންސުލްހަކޮށް އަލުންކައިވެނި ރުޖޫއަކުރުން ވަރަށްގާތް މީއަހަރެންލަފާ ކުރާގޮތް(
މިމައްސަލަވެސް ރޯޔަލް މައްސަލައެއްގޮތަށް ނުނިމިއްޖިއްޔާ ރަނގަޅު.
އީސުވަރު
ޢަދިވެސް މަނިކުފާނުތޯ ކިޔަންވީ. އެގުނަސް ނޭނުނަސް މަގާމުން އެކަހެރި ކުރަންޖެހޭ ވަގުތުން. އަތުގަ ރެދުލާނީ ހަމަ ގައިމުވެސް ބަލަހައްޓައިގެން ހުއްޓައެއްނޫން. ދަރިފުޅު ވައްޓާލަން އުޅުނު މީހަކު މުޖުތަމަޢުގަ ދޫވެފަ ހުރުން ރައްކާތެރިތޯ؟ ޔޫރިން ޓެސްޓް ކުރަންޖެހޭ ކްލީންނުވަނީސް.
ކޮން މަނިކުފާނެއްތަ؟އެޅާ ކިޔީބަލަ.
މިހާރު ވަރިކޮށްގެންއުޅޭތާ ފަސް ަރަކަށްމަސްވެދާނެ
ކީއްވެ އެއްއެޕާޓްމަންޓެއްގައި އުޅެނީ ދެންމިއަނިޔާއަކީ ހަގީގަތުގައި ެސް ކޮށްފައިވާ އަނިޔާއެއްނަމަ މީބަލައިގަނެވޭނެ ކަމެއްނޫން އެކަމު ހުކުމްކަނޑައަޅާނީ ތަހުގީގަށްފު އެހެންނޫންތޯ
ވެދާނެ ފަހަރެއްގަ މީނުކުރާކަމެއްކަމަށްވެސް އެއި އ އީސާއަކީ ސަރުކާރުފަޅީގެ ބޭފުޅަކަށްވެފަ ފައިސަލް ނަސކމަކީ ނައިބުރައީސަށް ވީމަމިކަމުގައި އެއްމެފައިދާހުރިގޮތަކީ ދެމީހުންސުލްހަކޮށް އަލުންކައިވެނި ރުޖޫއަކުރުން ވަރަށްގާތް މީއަހަރެންލަފާ ކުރާގޮތް(