ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭތީ، ރޭ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި މާލެއިން ރޭ ހައްޔަރުކުރީ ޢުމުރުން 43 އަހަރުގެ އަބްދުﷲ ޢަލި މަނިކު ކިޔާ މީހެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ހއ.މޮޅަދުއަށް ނިސްބަތްވާ ޢަބްދުﷲ ޢަލި މަނިކަކީ 2007 ހިމަންދޫގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހާއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް އުފުލި ދަޢުވާ ސާބިތުވުމުން 10 އަހަރަށް އޭނާ ޖަލަށް ލެވުނެވެ. ނަމަވެސް އޭނާ ޖަލުން ފިލައިގެން ގޮސް ގދ.ތިނަދޫގައި ހުއްޓައި، ފުލުހުން އޭނާ އަތުލައިގަތެވެ.
ހަމައެހެންމެ އަތުލައިގަނެގެން މާލެ ގެނައިއިރު ނަމާދުކޮށްލަން ދިން ފުރުަސަތުގައި ކަނޑަށް ފުންމައިލައިގެން ފިލަން މަސައްކަތްކުރިއެވެ. އޭގެފަހުން އޭނާ ފިލައިގެން ގޮސް، ސިފަ ބަދަލުކޮށްގެން ކ.ތިލަފުށީގައި އުޅެނިކޮށް އަތުލައިގަތެވެ.
އަބްދުއްލާ އަލީ ޖަލުން މިނިވަންވެގެން ގެއަށް އައީ ޖަލުން ފިލި ދުވަސްވަރަށް އައި ހުކުމްވެސް ތަންފީޒުކޮށް ނިމިގެން. އަބްދުއްލާ އަލީ އަކީ ވަރަށް އަހުލާގު ރަނގަޅު މީހެއް. ދީނަށް ނޫޅޭ ދީނާ ދުރު މީހުންނާ ދިމާލަށް ކާފަރެކޭ އޭނަ ނުބުނާނެ. ދެއަނބިން ތިބޭ އަބްލޯ އަކީ ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް އޭނާގެ ފިކުރަށް އެހެންމީހުން ލަންބާ އަދި ނަސޭހަތްދޭ މީހެއް ނޫން.
އޭނާގެ ފިކުރަކީ ފަރުލު 5 ނަމާދު ގާއިމްކުރުމާ ޒަކާތް ނެރުމާ އަދި ހިލޭ އަންހެނުންނާ ވާހަކަ ނުދެއްކުމާ ސުންނަތުގައި ބާރަށް ހިފެހެއްޓުން.