ދިވެހި ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ދައުލަތުގެ އެކި އެކި މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމާފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރެއްވީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މިއަދު ފާސްކުރީ، ހިޔާނާތުގައި ހިމެނޭ ދައުލަތުގެ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކޮށް ނިމެންދެން އެފަރާތްތަކާއި މެދު ފިޔަވަޅު އަޅަން މަޑުނުކޮށް ވަގުތުން އެފަރާތްތައް މަގާމުން ވަކި ކުރަންށެވެ. އަދި އިންތިހާބީ މަގާމުގައި ތަކުގައި ތިބި ފަރާތްތަކުގެ މައްސަލަ ވީއެންމެ އަވަހަކަށް ބަލެމަށްވެސް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ.
މީގެ އިތުރުންވެސް ކޮމިޓީން ވަނީ ގިނަ ކަންކަން ހުށައަޅާފައެވެ. އޭގެ ތެރޭގައި މި މައްސަލާގައި ހިމެނޭ އިސް ފަރާތްތަކުގެ މައްސަލަ ވީއެންމެ އަވަހަކަށް ބަލާ ފިޔަވަޅު އެޅުމަށާއި، އޭސީސީއަށް މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް ހަމަޖައްސައިދިނުމާއި، ފައިސާ އަނބުރާ ހޯދުމަށް އިދާރާތަކުގައި ދެންނެވުމާއި މަޖިލީހުން އެ ކަން ގާތުން ބެލުން ހިމެނެއެވެ.
މީގެ އިތުރުން، މާލީ ތަހުގީގީ ދާއިރާގެ މީހުން ތަހުގީގު ކުރުމުގެ އިތުރުން ހިޔާނާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ބޭންކު ތަކުން ފޯރުކޮށްދިނުން ހިމެނެއެވެ.
ރައީސް އޮފީހުން މީގެ ކުރިން ވިދާޅުވީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށެވެ.
ބަލަ ތިޔަހެން ވީމައޭ އަހަރުމެންނަށް ކިޔެނީ ތިޔަތާ ތިބީ ހުސް މަރުމޯލުންނޭ. އަހަރުމެންގެ ދީނާ، ޤާނޫނު އަސާސީ ތަހްޒީބު ދުނިޔޭގެ އެންމެން ޤަބޫލު ކުރަނީ ތުހްމަތަކަށް، ޝައްކަކަށް، އަރާ ވަޔަކަށް ބަޔަކަށް އަދަބު ޙައްޤު ނުވާ ކަމަށެވެ. އަދި މައިވެސް އެކުށުގައި ބެދިފައިވާ ފަސްމާ ވަގެއްގެ ބަހަށެވެ. ޗަކޮޔާ ތީތި ކަޑައޭ!!!
Rayyitunge faisaa ah hiyaanah terivi emmenah varugada adabu deen jeheyne