ހއ.މުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ބަލީގެ ޢަލާމާތްތައް ހުރެގެން އެ ރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. މި ގޮތުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައެވެ.
އެޗްޕީއޭއިން މުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އެ ރަށު ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އަޅައި, އެ ފިޔަވަޅުތަކަށް ޢަމަލުކުރަން އިލްތިމާސްކޮށްފައެވެ.
އެ ގޮތުން މާސްކުއެޅުމަށާއި, ގައިދުރުކަން ބެހެއްޓުމަށާއި, ފިހާރައަށް ގޮސް ވިޔަފާރިކުުރުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް އިޚްތިޔާރު ކުރުމަށާއި, ބަލީގެ ޢަލާމަތްތައް ހުރިނަމަ މިސްކިތަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.