ރާއްޖޭގައި ކޯވިޑް 19 ގެ ހާލަތު ބޮޑުތަނުން ގޯސްވާން ފެށުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ހާލަތު އިތުރަށް ގޯސްވެ ބަލި ވަރަށް ބޮޑަށް ފެތުރެމުން އަންނައިރު، ވަސީލަތްތައް ގާއިމު ކުރުމަށާއި އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލާކަމަށާއި، މިބަލީގައި ނިޔާވީ މީހުންގެ އަދަދާއި ބައްޔަށް ފައްސިވާ މީހުންގެ އަދަދާއި ކަރަންޓީނު ކުރަން ޖެހޭ މީހުންނާއި މޮނީޓަރިންގެ ހާލަތަށް ބަދަލުވާ ރަށްރަށުގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
އަދި ރަށްރަށުގައި ނަގާ ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވާކަމަށާއި، އަދި މިކަމުގައި ހަރަކާތްތެރިވާ ސިއްހީ ފަރާތްތައް ވަރުބަލިވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށާއި، ކޮވިޑް ޝީލްޑްގެ ދެވަނަ ޑޯޒް ނުލިބިގެން އެތައް ހާސް ބަޔަކު ވެކްސިން ނުޖެހިފައި ތިބި ކަމަށް ވެސް ހުށައެޅުއްވި މައްސަލައިގައި ވަނީ ބުނެފައެވެ.
އެހެންކަމުން، ބަލި ފެތުރުން ކޮންޓްރޯލްކޮށް، ވެކްސިން ޕްރޮގްރާމް އަލުން ހިންގުމަށް އަވަސް ފިޔަވަޅުތަކާއި އިންތިޒާމު ހަމަޖައްސަން އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 12 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ބަލައިގަތުމަށް ނުފެންނަ ކަމަށް 18 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
Micovd mahsalahusha elhumun majileehun mimahshala beyrukohlee mdp ge membarunge ihulaas therikan ebafeney mikahala nulafaa meehun majileehah inthihaabu kurumakee beynunkameh noon.