ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ޒައިނާ – 06

އައްބި ލިޔުނީ: އައްބި
މެއި 19, 2021
ވާހަކަ
10
ޒައިނާ – 01

6 ވަނަ ބައި

ހެނދުނު ހޭލައިގެން ޒައިނާ ބޭރަށް ނިކުތީ މަންމައާއެކު ވަލަށް ދިއުމަށެވެ. ނަމަ ވެސް ގޭތެރެ ހޯދައި ބަލާލި އިރު މަންމަ ފެންނަން ނެތުމާއެކު މަންމަ ވަލަށް ދިޔައީކަން ޒައިނާއަށް އެނގުނެވެ. ދެން ޒައިނާ ގަސްދުކުރީ މަންމަ އަންނަންދެން ޤުރުއާން ކިޔަވާލުމަށްޓަކައި ކޮޓަރިއަށް ދިއުމަށެވެ.

ގާތްގަޑަކަށް ގަޑިއެއްހާ އިރު ފަހުން ގޭތެރެއިން މަންމަ ވާހަކަ ދައްކާއަޑު އިވުމާއެކު ހަތީމު ބޭއްވުމަށް ފަހު ޒައިނާ ކޮޓަރީން ބޭރަށް ނުކުތެވެ.

”މަންމަމެން މިދައްކަނީ ދަރިފުޅުގެ ކައިވެނީގެ ވާހަކަ….“ ޒައިނާ ފެނުމާއެކު ނަޒީފާ ދިމާއަށް ބަލާލަމުން ޢާބިދާ ބުނެލިއެވެ.

”އާނ… އެމީހުން ބޭނުންވަނީ ވީއެންމެ އަވަހަކަށް ކައިވެނީގެ ކަންކަން ހަމަޖައްސަން… ދަރިފުޅުމެން ވަކި ދުވަހެއް ނިންމައިފިންތަ….؟ ޒައިނާއަށް ބަލާލުމަށް ފަހު ނަޒީފު ސުވާލުކޮށްލިއެވެ.

”ފާޒިލް ބުނި، އޭނަ ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށޯ…. ފާޒިލްގެ ބައްޕަމެން ވެސް ބޭނުން ވަނީ އެގޮތޯ…. އެކަމަކު އަޅުގަނޑު ބުނިން، އަޅުގަނޑު ބޭނުމޭ އޭގެ ކުރިން މާލެގޮސްލަން…. ރަށަށް އެކީ ބަދަލުވާ އިރު މާލޭގައި ހުންނާނެ ރަށަށް ގެންނަންޖެހޭ ވަރަށްގިނަ އެއްޗިހި…. އެ އެއްޗެހި ރަށަށް ގެންނަން ބޭނުން…..“ މަންމަ ކައިރީގައި ހުރި ކޮޅުފިލާ ގޮނޑީގައި އިށީންނަމުން ޒައިނާ ބުނެލިއެވެ.

”ރަށަށް ބަދަލުވާ ވާހަކަ ބުނީމަ މާލޭ ދައްތަމެން ކީކޭ ބުނީ…. ؟“ އާބިދާ އޮޅުން ފިލުވާލުމުގެ ގޮތުން އަހާލިއެވެ.

”ދައްތަ ވެސް ބޭބެ ވެސް ވަރަށް ދެރަވެފަ ތިބީ…. އެކަމަކު ބުނީ ކޮންމެ ވެސް އެއް ދުވަހަކުން ޒައިނާ ވެސް ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފަށަން ޖެހޭނެ ތާއޭ…. ކޮންމެތާކު ޒައިނާ ހުއްޓަސް ތިއީ ހަމަ އަހަރުމެންގެ ދަރިއެކޭ…. އަޅުގަނޑު ބޭނުން ދައްތަމެން ވެސް އަޅުގަނޑުގެ ކައިވެންޏަށް ރަށަށް ގެންނަން…..“ ބައްޕައާއި ދިމާއަށް ބަލާލަމުން ޒައިނާ ބުނެލިއެވެ.
”ބައްޕަ އަޒުހަރު ކައިރީގައި ބުނިން ދަރިފުޅުގެ ކައިވެންޏަށް ހުރިހާ މީހުން ވެސް މިކޮޅަށް އަންނަން ވާނެއޭ…. އަޒުހަރުމެން ވަރަށް އުފާވެފަ ތިބީ… “ ނަޒީފު ވާހަކަ ދެއްކިއެވެ.

”ކޮން ދުވަހަކު ދަރިފުޅު މާލެދާން ތި ވިސްނަނީ…. “ އާބިދާ ބުނެލިއެވެ.

”އަޅުގަނޑަކަށް ނޭގެ… މަންމަމެން ބައްޕަމެން ބުނާ ދުވަހަކުން ހަމަ ފުރަންވީ… “ ނަޒީފާ ދިމާއަށް ބަލާލަމުން ޒައިނާ ބުނެލިއެވެ.
”ސާބަސް… ދަރިފުޅު އަދި ވެސް ބޮޑެއް ނުވޭތަ….؟ މީހަކާ އިންނަން މިހާރު ތިއުޅެނީ…. އަމިއްލަ ކަންކަން އަމިއްލައަށް ނިންމަން ދަސްކޮށްބަލަ…. ދަރިފުޅު ބޭނުން ދުވަހަކު މާލެ ދާންވީ…. މާދަމާ ނޫން އަނެއް ދުވަހަކީ ހަ ރޯދަވެރިންގެ ޢީދު ދުވަސް… އެދުވަހު މާލެ ފުރާ ދޯންޏެއް ނޯންނާނެ… އެކަމަކު މުދިންބެގެ ދޯނި މާދަން މާލެ ފުރާނެ… ދަރިފުޅު ބޭނުމިއްޔާ އެދޯނިން ވެސް ދެވޭގޮތް ހަދާފާނަން…. “ ޒައިނާގެ ބޮލުގައި ފިރުމާލަމުން ނަޒީފު ބުނެލިއެވެ.

”ކައިވެންޏަށް ބޭނުންވާ ބައެއް ކަންކަން ކުރުމަށާއި، ބޭނުންވާ ބައެއް އެއްޗިހި ގަންނަން ފާޒިލްމެން ވެސް މާލެދާ ވާހަކަ ބުނެފަ އޮތީ…. ހީވަނީ ތި ދޯނިން އެމީހުން ވެސް ދާނެހެން… “ ނަޒީފާ ދިމާއަށް ބަލާލަމުން ޒައިނާ ބުނެލިއެވެ.

”ތިވީ މާ ރަނގަޅަކަށް ނު… އޭރުން ދޯނިމަތީގައި ދަރިފުޅު އެކައްޏެއް ވެސް ނުވާނެއެއްނު…. ފާޒިލް އާއި ވާހަކަ ދައްކާލައިގެން ބަލާލަބަލަ އެދޯނިން މާލެ ދެވޭތޯ… ކައިވެންޏަށް ގަންނަން ބޭނުންވާ އެއްޗެހި ގަންނަން ދަރިފުޅު ވެސް ހުރީމަ ފަސޭހަ ވާނެއެއް ނު…“ ނަޒީފު ބުނެލިއެވެ.

”ދަރިފުޅު ގޮސް ބަލާލަބަލަ ކޮއްކޮ ހޭލައިފިތޯ…. މިއަދު އަދި ބޭރަކަށް ނުނުކުމެ….“ ޒައިނާ ދިމާއަށް ބަލާލުމަށް ފަހު އާބިދާ ބުނެލިއެވެ.

”އަޅުގަނޑު ނިކުންނަމުން ކޮއްކޮ ކޮބައިތޯ ބަލާލާފަ މިއައީ…. ހޭލައިގެން ޤުރުއާން ކިޔަވަން އެބައިން…. “ ޒައިނާ އެތެރެއަށް ވަންނަމުން ބުނެލިއެވެ.

”ފާޒިލް މާލެދާ އިރު ފާޒިލްއާއެކު އެ ދޯނިން ޒައިނާއަށް ދެވޭގޮތް ވޭތޯ ބަލާލަން އެގެއަށް ގޮއްސަ އެބަ އަންނަން“ ނަޒީފު ތެދުވަމުން ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. އާބިދާ އުޅެނީ ބަދިގޭގައެވެ. އާބިދާއަށް އެހީވުމަށްޓަކައި ޒައިނާ ވެސް ބަދިގޭގައި އުޅުމަށް ފަހު އަޞުރު ނަމާދުކޮށްލުމަށްޓަކައި ވީ ކޮޓަރީގައެވެ. އެ ވަގުތު ޒައިދު ދުވެފައި އައިސް ބަދިގެއަށް ވަނެވެ.

”މަންމާ… މަންމާ… އެކުސިޑެންޓެއް…. !“ ޒައިދު މާނޭވާ ލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

”އޭނ…. ކޮންތާކު… ކޮންބައެއް އެކްސިޑެންޓްވީ…. “ އާބިދާ ވެސް ޙައިރާންވެފައި އަހާލިއެވެ.

”ބޭރުމަގުގައި… ވަރަށް ގިނަމީހުން އެދިމާއަށް އެބަދޭ…. ނޭނގެ ކޮންބައެއް ކަމެއް…. އެމީހުންނަށް ވަރަށް ބޮޑުވަރުވެފަޔޯ އޮތީ… ހިނގާބަލަ ބަލާލަން…. “ ޒައިދު ބަދިގޭން ނިކުންނަމުން ބުނެލިއެވެ.

ޒައިދުގެ ފަހަތުން ދެއަތް ފޮހެމުން ފޮހެމުން އާބިދާ ވެސް ބޭރަށް ނިކުންނަށް ހިނގައިގަތެވެ. އެ ވަގުތު ބާރުބާރަށް އައިސް ގޭތެރެއަށް ވަނީ ނަޒީފެވެ.
”ފާޒިލް އެކްސިޑެންޓެއް ވެއްޖެ… ހިނގާބަލަ….. ޞިއްޙީ މަރުކަޒަށް ގެންގޮއްސި… އަވަހަށް ހިނގާބަލަ… ކޮބާތަ ޒައިނާ…..“ ނަޒީފު ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ.

”ކިހިނެތްވީ އަނެއްކާ…. “ ކޮޓަރިން ނިކުންނަމުން ޒައިނާ ވާނުވާއެއް ނޭނގި އަހާލިއެވެ.

”ހިނގާބަލަ ޞިއްޙީ މަރުކަޒަށް…. ފާޒިލް އެކްސިޑެންޓެއް ވެގެން ގެންގޮއްސި… އަވަހަށް ހިނގާބަލަ…“ ބޭރަށް ނިކުންނަމުން ނަޒީފު ބުނެލިއެވެ.

ޒައިނާ ހާސްވެގެން ޞިއްޙީ މަރުކަޒާއި ދިމާއަށް ދުއްވައިގަތެވެ. ޞިއްޙީ މަރުކަޒު ކައިރިއަށް ވަނީ ވަރަށް ގިނަ މީހުން އެއްވެފައެވެ. އެކިއެކި މީހުން ދައްކަނީ އެކި ވާހަކައެވެ. އެއްވެސް މީހަކަށް ވާނުވާއެއް ނޭނގެއެވެ. ނަޒީފުމެން ގޮސް އެތެރެއަށް ވަންއިރު ފާޒިލްގެ ބައްޕަ ހެލްތް ސެންޓަރު ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

”ކިހިނެތްވީ… ؟“ ނަޒީފު ފާޒިލްގެ ބައްޕައާއި ސުވާލުކޮށްލިއެވެ.

”ނޭނގެ ވީގޮތެއް…. އަދި ޑޮކްޓަރ ބައްލަ ވަނީ…. މާލެދާން ދޯނި ފުރަނީ ކޮންއިރަކުތޯ ބަލާލަންވެގެން ފާޒިލް ދިޔައީ… ދެން އިވުނީ އިކްސީޑެންޓްވީ ވާހަކަ…. ވަރަށްބޮޑަށް ބޯ ފަޅައިގެން ގޮއްސަ އޮތީ…. ފައި ވެސް ވަރަށް ބޮޑަށް ހަލާކުވެފައި… މިކޮޅަށް ގެނައި އިރު ހޭވެރިކަމެއް ވެސް ނެތް…“ ފާޒިލްގެ ބައްޕަ ހާސްވެފައި ބުނެލިއެވެ.

އެ ވަގުތު އަވަސް ފަރުވާ ދޭ ކޮޓަރިން ޑޮކްޓަރު ނިކުމެގެން އަންނަތަން ފެނުމާއެކު ފާޒިލްގެ ބައްޕައާއި، ނަޒީފު ޑޮކްޓަރާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ޒައިނާ އާއި އިތުރު ދެތިން މީހަކު ވެސް ދިޔައެވެ.

އަޅުގަނޑަށް ފެންނަނީ މާލެ ގެންދަން… މިކޮޅުން ދެވޭނެ މާބޮޑު ފަރުވާއެއް މި ވަގުތަކުނެތް…. ހާލު އެހާ ރަނގަޅެއް ނޫނޭ ބުނެވޭނީ…. ސީރިއަސް…. އަވަހަށް މާލެ ގެންދެވޭތޯ ބަލަންވީ….“ ފާޒިލްގެ ބައްޕަ ކޮޑުގައި އަތްޖައްސާލަމުން ޑޮކްޓަރ ބުނެލިއެވެ.

”ކޮންކަހަލަ އަނިޔާއެއްތޯ ވެފަ ހުރީ….؟“ ހާސްވެފައި ހުރެ ފާޒިލްގެ ބައްޕަ ސުވާލު ކުރިއެވެ.

”ބޮލަށާއި، އެތެރެހައްޓަށް ވެފަ ހުރި އަނިޔާ އެނގޭނީ ސްކޭނެއް ހެދިގެން….. ފައިގެ ކަށިގަނޑު ތިން ތަނަކުން ބިނދިފަ ހުރިހެން ހީވަނީ…. ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮއްސަ ހުރީ… އެތެރެއަށް ވެފައި ހުރި ގޮތެއް ސްކޭނެއް ހަދައިގެން ބަލަންޖެހޭނީ… އެހެންވީމާ ވީހާ ވެސް އަވަހަކަށް މާލެ ގެންދެވޭނެ ގޮތެއްވޭތޯ މަސައްކަތް ކުރަންވީ…. މިކޮޅުން ނަރުހެއް ހަމަޖައްސައިދޭނަން…. “ ޑޮކްޓަރ ބުނެލިއެވެ.

ކައިރީގައި ހުރި ޒައިނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އަދި މަންމަ ގައިގައި ބައްދާލައިގެން ހުރި ރޯންފެށިއެވެ.
”ހިތްވަރުކުރޭ ދަރިފުޅާ…. އިރާދާކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ…. “ ޒައިނާގެ މަންމަ ޒައިނާގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

ފާޒިލްގެ އާއިލާއަކީ ރަށުގެ ތަނަވަސް އާއިލާއަކަށްވެފައި އަދި ފާޒިލްއަކީ ވެސް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ ކުއްޖަކަށްވާތީ ފާޒިލް މާލެ ގެންދިއުމުގެ ކަންތައް ވަރަށް އަވަހަށް ހަމަޖެހިގެން ދިޔުމާއެކު ފާޒިލް ގޮވައިގެން ހަމަވަގުތުން މާލެ ފުރުމަށް ތައްޔާރުވެއްޖެއެވެ. ފާޒިލް ގޮވައިގެން މާލެ ދިޔައީ ފާޒިލްގެ ބައްޕައާއި، ފާޒިލްގެ ބޭބެއަކާއި، އަދި ޒައިނާގެ ބައްޕައާއި ޒައިނާއެވެ.

މާލެ އަންނާކަށް މާގިނަ އިރު ތަކެއް ނުވިއެވެ. ޖެޓީއަށް ލޯންޗު ލެފި އިރު އޭޑީކޭ ހޮސްޕިޓަލްގެ އެމްބިއުލަންސް ޖެޓީ ކައިރީގައި އޮތެވެ. އެމްބިއުލަންސަށް ފާޒިލް އަރުވައިގެން ސައިރަން އަޅަމުން އެމްބިއުލަންސް ދުއްވާފައި ދިޔަ އިރު ފާޒިލްގެ ޚަބަރު ހުސްވެފައިވާ ހަށިގަނޑުގައި ހިފަހައްޓައިގެން ފާޒިލްގެ ބައްޕައާއި، ޒައިނާ ފެންކަޅިވެފައި ފާޒިލްއަށް ބަލަހައްޓައިގެން ތިއްބެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމްބިއުލަންސްގޮސް އޭޑީކޭ ހޮސްޕިޓަލްގެ ތެރެއަށް ވަނުމާއެކު ފާޒިލް އެމްބިއުލަންސުން ބާލައިގެން އެމެޖެންސީ ރޫމަށް ގެންދެވިއްޖެއެވެ. އެތެރެއަށް ވަނީ ފާޒިލްގެ ބޭބެ އެކަންޏެވެ. އެހެން މީހުން ތިބެންޖެހުނީ އެމެޖެންސީ ރޫމު ކައިރީ ބޭރުގައެވެ.

ޑޮކްޓަރުން ފުރަތަމަ ވެސް ބޭނުންވީ ސްކޭން ހެދުމަށެވެ. އޭރު ވެސް ބޮލުން ފަޅައިގެން ގޮސްފައި ހުރި ތަނުން ކޮންމެ ވެސް ވަރަކަށް ލޭ އަންނަމުން ދިޔުމާއެކު ލޭތައް ސާފު ކުރުމަށް ފަހު ސްކޭން ފެށިއެވެ. ހަށިގަނޑުން ވަރަށްގިނަ ލޭ ބޭރުވެފައި ވާތީ ލޭ ހޯދުމަށް ވެސް ޑޮކްޓަރ ބުނެފައިވެއެވެ. ފާޒިލްގެ ހަށިގަނޑުގައި ހުރީ އޯ ޕޮސިޓިވް ލޭ ކަމަށްވެފައި ފާޒިލްގެ ބައްޕަގެ ވެސް ހުރީ އޯ ޕޮޒިޓިން ލޭ ކަމަށްވާތީ، ލޭ ހޯދުމަށް މާ އުނދަގުލެއް ނުވިއެވެ. ސްކޭން ހަދާ ނިމުން އިރު ލޭ ވެސް ހުރީ ނަގާ ތައްޔާރު ކުރެވިފައެވެ.

”ސްކޭންތަކުން ދައްކާގޮތުން ބޮލުގެ އެތެރެއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނެތް ކަމަށް ޑޮކްޓަރ ބުނުއްވީ…. އެތެރެ ސާފުކުރުމަށް ފަހު ފަޅައިގެން ދިޔަތަން ފަހަނީ މިހާރު…. ފަޔަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައެއްނެތޯ…. ޑޮކްޓަރ ބުނުއްވި މާބޮޑު ގޯހެއް ނެތޯ….“ ފާޒިލްގެ ބޭބެ ބޭރަށް ނުކުމެ ޑޮކްޓަރ ދެއްކެވި ވާހަކަތައް ބައްޕައަށް ކިޔާދިނެވެ.

”މިހާރު ހޭއަރައިފިތަ….؟“ ޒައިނާ އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

”ނޫނޭ…. ފަޅައިގެން ގޮއްސަ ހުރިތަން ފަހަންވެގެން ހޭނައްތާފަ އޮތީ…. މިހާރު ފަހާ އެ ނިމުނީ… ގާތްގަޑަކަށް ގަޑިއެއްހާ އިރު ތެރޭ ހޭއަރާނެ….“ ހޭ އެރީމަ ދެތިން ގަޑިއިރު ބާއްވާލާފައި އިތުރު މައްސަލައެއް ނެތިއްޔާ ބޭރަށް ނެރޭނަމޭ ޑޮކްޓަރ ބުނުއްވީ….“ ފާޒިލްގެ ބޭބެ ކިޔާދިނެވެ.

”ދަރިފުޅު ދާންވީނު ދެން ގެއަށް…. ވާނުވާ ބައްޕަމެން އަންގާނަން…..“ ޒައިނާގެ ބުރަކަށީގައި ފިރުމާލަމުން ނަޒީފު ބުނެލިއެވެ.

”ނޫން… އަޅުގަނޑުދާނީ ފާޒިލް ނެރުނީމަ…. އެގޭ ދައްތަ އާއި ބޭބެ ވެސް އެބައާދެ މިކޮޅަށް…. “ ޒައިނާ ބުނެލިއެވެ.

ތިންގަޑި އިރު ފަހުން ޑޮކްޓަރ ބޭރަށް ނުކުމެ ފާޒިލްގެ ބައްޕައާއި ބައްދަލު ކުރިއެވެ.

”މިހާރު ވޯޑަށް ބަދަލުކުރަނީ މި…. އިރާދަކުރެއް ވީތީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު… މާބޮޑު ގެއްލުމެއް ބޮލަކަށް ވެސް ލިބިފައެއް ނެތް…. ފައިގެ ބިންދައިގެން ދިޔަ ތަންކޮޅު ވެސް މަޑުމަޑުން ރަނގަޅުވަމުން ދާނީ… ވޯޑަށް ބަދަލުކުރީމަ ހުރިހާ ބޭފުޅުންނަށް ވެސް ބައްދަލުކުރެވޭނެ… މިހާރު ހޭވެސް އަރައިފި…“

ފާޒިލްގެ ބައްޕަ، ޑޮކްޓަރަކަށް ވަރަށްބޮޑަށް ޝުކުރު އަދާ ކުރިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފާޒިލް ނެރެފިއެވެ. ފާޒިލް ގޮވައިގެން ދެ ނަރުހުން ދިޔައިރު ފާޒިލް ބައްޕަމެންނާ ދިމާއަށް ބަލަންއޮތެވެ. އެނދުގެ ފަހަތުން ފާޒިލްގެ ބައްޕަމެން ވެސް ދިޔައެވެ. ވޯޑަށް ގެންދިއުމަށް ފަހު އެވޯޑުގެ 27 ނަންބަރު ބެޑްގައި ފާޒިލް ބޭއްވުމަށް ފަހު އެވޯޑުގެ ނަރުހުންނަށް ފާޒިލްގެ ފައިލާއި، އެހެންލިޔުންތައް ޙަވާލުކޮށް ލިބިފައިވާ އަނިޔާގެ މަޢުލޫމާތު ކިޔާދިނުމަށް ފަހު ނަރުހުން އަނބުރި ދިއުމުން ފާޒިލްގެ ބައްޕައާއި ދެންތިބި މީހުން ފާޒިލް ގާތަށް ދިޔައެވެ.

”ދަރިފުޅާ…. ދަރިފުޅާ….“ ފާޒިލްގެ ބައްޕައަށް ރޮވުނެވެ.

”ނުރޮއި ބައްޕާ…. އަޅުގަނޑު ރަނގަޅޭ…. މިހިރީނު…. “ ފާޒިލް ކުޑަކޮން މައްޗަށް އަތް އުފުލާލަމުން ބުނެލިއެވެ.

”ޙަމްދު ހުރި…. ދަރިފުޅަށް މާބޮޑު ގެއްލުމެއްނުވެ ސަލާމަތް ވީމަ…. ނަޒީފުބޭ މިއައީ އެ ދިވެހި ޑޮކްޓަރާއި ވާހަކަ ދައްކާލާފައި… ޑޮކްޓަރ ބުނުއްވި ލަސްވެގެން ދެ ދުވަހެއްގެ ތެރޭގައި ދޫކޮށްލެވޭނެޔޯ….“ ދުރުގައި ހުރި ދިވެހި ޑޮކްޓަރަކަށް އިޝާރާތް ކުރަމުން ނާޒިފު ބުނެލިއެވެ.

”އިރާދަކުރެއްވިއްޔާ އަހަރުމެންގެ ދަރިފުޅުގެ ރަނގަޅުވެގެން ދޫކޮށްލީމަ ކައިވެނި ބާއްވާނީ މާލޭގައި…. ރަށުން ގެންނަން ތިބި މީހުން މާލެ ގެންނާނީ….“ ފާޒިލްގެ މޫނުގައި އަތް ޖައްސާލަމުން ފާޒިލްގެ ބައްޕަ ބުނެލިއެވެ.

ފާޒިލް ހިނިތުންވެއޮވެ ޒައިނާގެ މޫނަށް ބަލާލިއެވެ.

އެވަގުތު ޒައިނާގެ ދެލޮލުން ކަރުނަ އޮހިގެންދިޔައެވެ. އުފަލުންނެވެ. ފާޒިލް ސަލާމަތްވީތީއެވެ.

-ނިމުނީ-

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާވީސް ވަނަބައި

މާރޗް 20, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެކާވީސްވަނަ ބައި

މާރޗް 13, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ވިހިވަނަ ބައި

މާރޗް 6, 2023

Comments 10

  1. Huvaas says:
    2 years ago

    Varah reethi vaahaka eh.

    Reply
  2. Leleethaa says:
    2 years ago

    ކުރީގެ ދިރިއުޅުން ސިފަކޮށްފައިވާ ވަރަށް ފުރިހަމަ ވާހަކައެއް ކަމަށް ފެނޭ… މޮޅު

    Reply
  3. Shareefa says:
    2 years ago

    ވާހަކަ ކިޔާފަ ގިނަ ކުރިން ކައްކަން ނޭގޭ އެއްޗެހި ކައްކަން ދަސްވެއްޖެ. މިކަހަލަ މަޢުލޫމާތު ލިބޭ ވާހަކަތައް ވަރަށް ކިޔާހިތްވޭ.

    Reply
  4. Hameedha says:
    2 years ago

    Ummeedhee vaahaka liyun theriyeh kamah feney. Reethi vaahaka eh

    Reply
  5. rafeeu says:
    2 years ago

    މިވާހަކައިގެ ދެވަނަ ބަޔެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން. އައްބީގެ ވާހަކަތަކުގެ ސިފަކުރުންތައް ގެނެސްދީފަ ހުންނަގޮތް ވަރަށް ފުރިހަމަ

    Reply
  6. Uveys says:
    2 years ago

    Varah reethi vaahaka eh. Roadha mahaa gulhun huri molhu vaahaka eh

    Reply
  7. Nadhuvee says:
    2 years ago

    ދެން އެންމެ އަވަހަށް ސްޓޯރީއެއް ނުކުންނާނީ ކޮންއިރަކުން ބާ. ޒައިނާ ވާހަކައިން ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ. ވަރަށް ފުރިހަމަ ވާހަކަ އެއް މީ.

    Reply
  8. Umeyra says:
    2 years ago

    އައްބީ އަކީ މޮޅު ލިޔުންތެރިޔެއް. ވަރަށް ރީތި މި ސްޓޯރީ

    Reply
  9. Abidha says:
    2 years ago

    ވަރަށް ރީތި ވާހަކަ އެއް މިކަހަލަ ގިނަ ވާހަކަ ތަކެއް މި ނޫހުން ފެންނާނެ ކަމަށް އުއްމީދުކުރަން

    Reply
  10. shafeeu says:
    2 years ago

    ހާދަކުރު ވާހަކައެއް… ކިޔާހިތުން ހުއްޓަ ނިމިގެން އެދިޔައީ… މި ނޫހުގައި ލިޔާ އައްބީގެ ވާހަކަ ތައް ހާދަރީއްޗޭ…

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In