ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ފިނިފިނި ވާރެއާ – 09

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މެއި 19, 2021
ވާހަކަ
4
ވާހަކަ: ފިނިފިނި ވާރެއާ – 03

ނުވަވަނަ ބައި

”އެނގޭތަ މިއީ ކާކުގެ ކުއްޖެއްކަމެއް!“

ފަޒިއްތަ މޮޅިވެރިއަޑަކުން އަހަރެން ގާތު އެހުމުން ނޭނގެޔޭ ކާކުގެހެއްޔޭ އެހީ ހީވާ ގޮތަކަށް ޔަގީން ނުކޮށް ނުބުނަންވެގެންނެވެ.

”މިއީ އަހަރެމެންގެ އަޒާންގެ ކުއްޖެކޭ! ފަރީ ނުވެސް ދެނަހުރިންތަ؟“

ފަޒިއްތަ ހިތުން ފަޒިއްތަ އަހަންނަށް އެ ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. އާއެނކެވެ! އެ ޚަބަރަކީ ކިތަންމެހާ ވެސް އުފާވެރި ޚަބަރެކެވެ. އެކަމަކު އަހަރެން ވީ އުފާހެއްޔެވެފަޒިއްތަ ދިން ޚަބަރަކުން ކުރިން ހީކުރެވުނު ގޮތް ޔަގީންވެ އަހަރެންގެ މޫނު މިލައިގެން ދިޔައެވެ. އެކަމަކު އެކަން ފޮރުވަމުން ނުދެނަ ހުރީމޭ ބުނީމެވެ. ދެން އަޒިއްތަ ފެށީ އެވާހަކަ ދައްކާށެވެ! ނަސީބަކުން ފަޒިއްތަވީ އަހަރެންގެ އެންމެ ފަހު ބެލެނިވެރިޔާއަށް ކަމުން ވާހަކަ ދައްކަން ވަގުތު ވެސް ލިބުނެވެ. އަޒާންގެ ވާހަކަ އަޑުއަހަން އަހަންނަށް ކިތަންމެ އުނދަގޫ ވިޔަސް ހުއްޓާލާށޭ ފަޒިއްތަ ގާތު ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންވެ އަޑުއަހައިގެން ހުރީއެވެ.

”ފަރީ އަހަރެމެންގެއިން ދިޔަތާ މާގިނަ ދުވަހެއް ނުވަނީސް އަތޫއާ އަޒާންގެ ކައިވެނި ކުރެވިއްޖެ! ދެމީހުން އުޅުނީ ހަމަޖެހޭ ދިރިއުޅުމެކޭ ބުނާކަށް އަހަންނަކަށް ނޭނގެ! އެނގޭ ކަމަކީ ދެމީހުން ވަރަށް ގިނައިން ކޮންމެވެސް ކަމަކާ ޒުވާބުކޮށް އުޅުނުކަން! އެހެން އެކަން ހިނގަމުން ދަނިކޮށް އަތޫ ބޭބީއަށް ޕްރެގްވީ !…….. އެހިސާބުން ދެމީހުން ވެސް އުޅުނީ ވަރަށް ހަމަޖެހިގެން! އަޒާންގެ ހުރިހާ ވަގުތެއް އަތޫއަށް ހުސްކުރި! ވަރަށް ބޮޑަށް އަޅާލާ އެހީތެރިވެދިން! އޮފީހުގައި ކިތަންމެ ބިޒީކޮށް އުޅެއުޅެ ހުއްޓާވެސް އަތޫ ގުޅާއިރަށް އެކަމެއް ދޫކޮށްލާފަ ކިތަންމެ ދުވަހަކު އަޒާން ގެއަށް އައި! އެކަމާ އޮފީހުން ވެސް ބައެއް ފަހަރު މައްސަލަ ޖައްސާ! އެހާވެސް އަޒާން އުޅުނީ އަދި އަތޫ ވެސް އުޅުނީ ބަލައިގެން!“

ފަޒިއްތަގެ ވާހަކަ މެދު ކަނޑައިލިއެވެ. އަހަންނަށް ފަޒިއްތަގެ މޫނަށް ބަލާލަން ޖެހުނީ ފަޒިއްތަގެ ވާހަކައިގެ ރާގުގައި ހުރި ހިތާމައާ މޮޅިންނެވެ.

”ފަރީއަށް އެނގޭތަ!………….“

ފަޒިއްތަ ހިފީ އަހަރެންގެ އަތުގެ އިނގިލި ތަކުގައެވެ.

”ތަގުދީރުގައި ވަނީ މި ކުއްޖާފުޅު މިސްކީނަކަށް ވާން!“

މިހިސާބަށް ބުނެވުނުތަނާ އަޒިއްތަގެ އަރު ބެދި ވާހަކަ ނުދެއްކުނެވެ. ދެ ލޮލަށް ޖަމާވި ކަރުނަތަކުން ދެލޯ ފުރިގެން އައިތަން އަހަރެން ދުށީމެވެ. އަހަންނަށް ވެސް ވީ ގޮތަކީ ދެލޯ ބޮޑުކޮށްގެން ފަޒިއްތައާ ދިމާއަށް ބަލަންހުރެވުނީއެވެ. އަދި މަޑުމަޑުން ފަޒިއްތަ ގަޔާ ކައިރި ކޮށްލާ ބުރަކަށީގައި ފިރުމާލާ ހިތްވަރު ދިނީ ހިތުގެ ފުންމިނުން އެކަމަށް އެދެވުމުންނެވެ. ފަޒިއްތަ ހަމައަކަށް އެޅުމުން ބޭއިޚުތިޔާރުގައި އެ ލޯބި ލޯބި އަންހެން ކުއްޖާ އުރައިލެވުނެވެ. އޭރުވެސް އެ އަޒާންގެ ދަރިފުޅު ހުރީ ފަޒިއްތަގެ އަތުގައި ހިފެހެއްޓި ގޮތަށް އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަދި އެ ކުއްޖާގެ އުމުރުން ތިން އަހަރުވެސް ނުވާއިރު މަންމައެއްގެ ލޯތްބާ ކުލުނާ ގާތްކަން ހާދަ ބޭނުންވާނެއޭ ހިތަށް އަރާ އެކުއްޖާ ފުޅާމެދު އަހަރެންގެ ހިތް ފުރިގެންއެވެ. އެ ވަގުތު އެތާ އެހެން ބެލެނިވެރިން ނެތްކަން ނަސީބެކޭ އަހަރެންގެ ހިތަށް އެރީ އަނެއްކާ ވެސް ފަޒިއްތަ ވާހަކަ ދައްކަން ފެށުމުންނެވެ.

”ދަރިފުޅާ ޒިންދު، ހިނގާ ދެން ގެއަށް ދަމާ!“

އެހެން ބުނަމުން ފަޒިއްތަ އަހަރެން އަތުން ޒިންދު އަތުލިއެވެ. އަދި ބިންމަތީ ޒިންދު ބަހައްޓަމުން ގެއަށް އަންނާނީ ކޮންއިރަކުންހޭ އަހަރެން ގާތު އެހިއެވެ. ކުޑަކޮށް އަޅާގަންނަމުން އަހަރެން ބުނީ ވަގުތެއް ވީއިރަކުން ދާނަން ކަމަށެވެ. އަހަރެންގެ ޖަވާބު އަޑުއިވުމުން ފަޒިއްތައަށް ޝައްކުވީކަންނޭނގެއެވެ.

”ފަރީ ތިއުޅެނީ ތިމަންނައަށް ވަގުތު ނުވާތީ ނުދެވުނީއޭ ބުނެ ނުދާކަށްނު!“

އަހަރެން ހީނލަމުން ޖަވާބު ދިނީމެވެ.

”ނޫން! ދާނަން! އެކަމު ވަގުތުވީމަ އަސްލު ވެސް ދެވޭނީ!“

”އެންމެ ރަނގަޅު ފަޒިއްތަ މިރޭ ގުޅާނަން އިނގެ! ….. އަދި ފަރީ އަހަރެމެންގެ ގެއިން ދިޔަ ސަބަބު ވެސް ޖެހޭނެ ފަޒިއްތަ ގާތު ބުނަން!“

ކުރިއަށް ހިނގައިގަންނަމުން ފަޒިއްތަ އެ ބުނެލި ވާހަކައަކުން އަހަރެންގެ މޭގަނޑު އަނގައަށް އައެވެ. އެހެންނަމަވެސް އެވާހަކައަށްވުރެ ބޮޑަށް މި ވަގުތު ވެސް އަހަންނަށް ސަމާލުކަން ދެވުނީ އަޒާންގެ ކޮޕީއެއްހާ ވައްތަރު އެ ކުޑަ ކުޑަ ޒިންދު އަށެވެ. މައެއްގެ ލޯބި ހާދަ ބޭނުންވާނެއޭ ހިތަށް އެރުމުން ދެރަވެފައެވެ. މުޅި އެ ދުވަހު ވެސް އަހަންނަށް ވިސްނުނީ އެކަމާއެވެ. އަޒާންގެ ހިތުގައި ރިހޭނެ ވަރު ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ މޭގައި ވެސް ރިއްސާލައެވެ. މި ދިގު މާޒީ ފާއިތުވެގެން ދިޔައިރު ވެސް އެންމެ ފަހަރަކު ވެސް އަޒާންގެ ހަނދާން ތަކާ އަހަންނަކަށް ދުރެއް ނުވެވެއެވެ. އުންމީދުކޮށްގެން ހުރީ އަތޫއާ އެކު އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އަޒާން އުޅެމުން އެބަ ދާކަމަށެވެ. ތަޤުދީރު އެހާ ހިތްދަތި ގޮތެއް އަޒާންގެ ޙަޔާތަށް ކުރިމަތި ކުރުވުމުން ވެސް އަޒާން އެހެރީ އަޒާންގެ ގޮތުގައެވެ. ކިހާ ކެތްތެރި ހެއްޔެވެ! އެންމެ ފަހަރަކު ވެސް އަހަންނަށް ގުޅައިލިނަމައެވެ. އަނެއްކާ ވެސް އަޒާންއާ މެދު އަހަރެންގެ ހިތް ޝަކުވާއިން ފުރިގެން އައެވެ. އެކަމަކު ދެވަނަ ސިކުންތުގައި ހިތް ދިނީ އިންޒާރެކެވެ. އަޒާން އަހަރެން ދެކެ އެއްވެސް ވަރަކަށް ލޯބި ވާނަމަ ކަންތައް އެ ގޮތަށް ދިމާވުމުން އަހަރެން ހޯދާނެއެވެ. ހިތަށް މިއައި އެއްޗަކުން އަނެއްކާވެސް އަހަރެންގެ ހިތުގައި ވަގުތީގޮތުން ދިއްލުނު އުންމީދުގެ އެ ހުޅުކޮޅު ވެސް ކަނި ޖަހާލައިފިއެވެ.

ފަޒިއްތަ އަހަންނަށް ގުޅީ އިޝާކޮށް ނިމުނުތަނާއެވެ. އެ ގޮތް އަހަންނަށް ވަރަށް ރަނގަޅުވިއެވެ. ސަބަބަކީ އަހަރެން ބޭނުންވަނީ ޒިންދު ދެކިލާ އަހަރެންގެ މޭތެރޭ އުފެދެމުންމިދާ ކުލުނު އެ ކުޑަ ކުއްޖާފުޅަށް ދިނުމަށް ކަމަށްވާތީއެވެ. ފުރަތަމަ ފެނިލުމުން ވެސް އަހަރެންގެ ހިތުގައި ޒިންދުއަށް ކުލުނާ ލޯބި ހިނގައިގަތީ އަމިއްލަ އެދުމެއް ނެތިއެވެ.

އެތައް އަހަރެއް ވަންދެން އަހަރެން އަމިއްލަ ގެ ކަމުގައި ދެކިގެން އުޅުނު އެ ގޭގެ ދޮރު އަހަރެން ހުޅުވައިލީ ބީރައްޓެއްސެއް ފަދައިންނެވެ. ހަމަ ހުޅުވައިލުމާއެކު އެތައް ހަނދާންތަކެއް އައިސް އަހަރެން ވަށައިލިއެވެ. އަހަރެން މިގެއިން ނިކުމެގެން ދިޔަ ސަބަބެވެ. އަދި އަދަށް ދާންދެން ވެސް ހަނދާން ނައްތައި ނުލެވުނު އެކަމަކު ކުލަ ނުޖެހުނު އަހަރެންގެ ހިތުގެ އެދުމެވެ. އަޒާން އާ އަހަންނާ ދެމެދު ހިނގި ކުރު އެހެނަސް ފޮނި އިއްތިފާގީ ބައްދަލް ވުންތަކެވެ. ބައެއް ފަހަރު އަޒާން އަހަންނާ ދިމާލަށް ބުނެފައި ހުރި ބަސްތަކެވެ. އިނގިލިން ގުނާލެވޭހާ އެފަދަ ބަސްތައް މަދަސް އެވެ.

ދޮރުހުޅުވާލި ގޮތަށް ޚިޔާލީ ދުނިޔެއަށް އަހަރެން ގެއްލިފައި ހުއްޓާ ފަޒިއްތަގެ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ކޮޓަރިން ނިކުތީ ޒިންދުއާ އަދި ޒިންދުގެ ބައްޕައެވެ. އަޒާން ފެނުމުން އަހަންނަށް ކުރީ ކޮން ކަހަލަ އަސަރެއްކަމެއް ދުލަކުން ބަޔާން ކުރެވޭނެ ލަފުޒުތަކެއް އަހަރެންގެ ދުލަކަށް ނާދެއެވެ. ބަލަހައްޓައިގެން އަހަންނަށް ހަމަ ހުރެވުނީއެވެ. އޭރުގެ އެ ސިފަ ތަކަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. ތަންކޮޅެއް ހަރު ވައްތަރު އަޒާންގެ މޫނުމަތިން ޖެހުން ފިޔަވައެވެ. އެހެންނަމަވެސް އޭރު ފެންނަން ހުންނަ ޖޯޝް އެ ދެލޮލުން އަހަންނަކަށް މި ރެއަކު ނުފެނުނެވެ.

އަޒާންއަށް އަހަރެން ފެނުމުން ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.! އަދި އަހަރެންގެ ފަރާތުން މޫނު އަނބުރާލިއިރު އެމޫނަށް ވަނީ މޮޅިވެރިކަމުގެ އަސަރު ވެރިވެފައެވެ. އަހަރެންގެ ފަރާތުން އަޒާން މޫނު އަނބުރާލުމުން ހިތަށް އެރީ އަޒާން އަހަންނާ އަނގައިން ބުނާނެބާވައެވެ. މިހެން ހިތަށް އެރުމުން އަހަރެން ވަރަށް ދެރަވިއެވެ. މޭގައި ބާރަކަށް ހިފާ ފިތާލިކަމުގެ އިޙުސާސުން އަހަރެންގެ ހިތަށް ތަދުވިއެވެ. ދެވަނަ ފަހަރަކުވެސް އަޒާން އަހަންނަށް ބަލައިލިއެވެ. އޭރުވެސް އަހަރެން ހަމަ ހުރި ގޮތަށް ހުރީއެވެ. ރަކިވެފައެވެ. މޮޅިވެފައެވެ. އަތުގައި އޮތް އަތްދަބަހުގައި ބާރަކަށް ހިފަހައްޓައިގެންނެވެ.

އޭރު ވެސް އަދި ޒިންދުއަކަށް އަހަންނެއް ނުފެނެއެވެ. ޒިންދު ކުޅެން ގެންގުޅުނު ޕޫބެއަރ ވެއްޓުމުން އެ ނަގަން ޒިންދު ގުދުވީ އެވަގުތުކޮޅުއެވެ. ޒިންދުއަށް އަހަރެން އެތާ ހުރިތަން ފެނުނީވެސް އެ ވަގުތުއެވެ. އަހަރެން ފެނުމުން ކުޅޭ އެތިވެސް އެތަނަށް ދޫކޮށްލުމަށްފަހު ޓީޗަރ ޓީޗަރ ގޮވަމުން ޒިންދު އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އަހަންނަށް ވެސް ވީގޮތަކީ އަމިއްލަ ދަރިއަކު ފަދައިން ޒިންދު އުރާލާ ނިތުގައި ބޮސްދެވިއްޖެއެވެ. މިމަންޒަރު ފެނުމުން އަޒާން ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އަޒާންއަށް ވެފައި ހުރި ގޮތް ފެނުމުން ހަމައަކަށް އެޅުމަށް އަހަރެން ވެސް މަސައްކަތް ކުރީމެވެ. އަދި މާމަ ކޮބައިހޭ ޒިންދު ގާތު އަހަރެން އެހީމެވެ.

”މާމަ ނޫން! އެއީ ކޮއްކޮގެ މަންމަ ދޯ ޑެޑީ“

އަޒާންއަށް ދޯދެމުން ޒިންދު ވާހަކަ ދެއްކިއެވެ.

އެއީ މަންމަ ކަމަށާ މިއީ މަންމަ ޤުރުއާން ކިޔަވާ ގަޑިއޭ ޒިންދުގެ ތުއްތު ތުއްތު އަޑުން ބުނުމުން އަހަރެންގެ ހިތް ފުރިގެން އައެވެ. އެހެންނަމަވެސް މާމައަށް މަންމަ ކިޔުއްވުން ނޫންގޮތެއް ނެތީހޭ އަހަރެން ހިތަށްއެރިއެވެ. އަހަންނާ ޒިންދުއާ ދެމެދު ދެކެވުނު ވާހަކަ އަޑުއަހަން ދުރުގައި ހުރި އަޒާން ދެން ފިޔަވަޅުއެޅީ އަހަރެމެނާ ދިމާއަށެވެ. އެ ވަގުތު އަޒާންގެ މޫނުމަތިން ހިނިތުންވުން ފާޅުވަމުން ދިޔައެވެ.

ކުރިއަށް ހިނގާފައި އައި އަޒާން އަހަރެންގެ ގާތުގައި ހުއްޓެމުން ޒިންދު އަހަރެން އަތުން އަތުލަން އުޅުނެވެ. އެވަގުތު ވެސް އަހަންނަށް އަޒާންގެ މޫނަށް ބަލަން ހުރެވުނީއެވެ. ހީނލައިގެން ހުއްޓަސް އަޒާންގެ މޫނުމަތި ވަނީ މިލާމޯޅިވެފައިހެން އަހަންނަށް ހީވިއެވެ. އަހަންނަށް ހުރެވުނީ ބާރަށް ޒިންދު ގައިގައި ބައްދާލައިގެން އަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

ޖެހި ބުދެއްހެން އަޒާން ނޫން ތަނަކަށް ނަޒަރު ނުހިންގި ހުރި އަހަރެން ސިއްސައިގެން ދިޔައީ އަޒާން އަހަރެންގެ ނަމުން ގޮވައިލީމައެވެ. އެހިސާބުން ޒިންދު އަޒާން އަތަށް ދިނުމުން އުރާލައިގެން ގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަސް އެނބުރި ބަލާލުމެއް ނެތިއެވެ.

އަޒާންއާ ޒިންދު ގޮސް އަޒާންގެ ކޮޓަރިއަށް ވަންނަންދެން ބަލަހައްޓައިގެން ހުރެފައި އަހަރެން ގޮސް ޓަކި ދިނީ ފަޒިއްތަގެ ކޮޓަރީގައެވެ. ފަޒިއްތަ އިނީ އަހަރެންގެ އިންތިޒާރުގައިކަން އެނގުނީ ނަމުން ގޮވާލައިފައި ވަންނާށޭ ބުނުމުންނެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނުމުން އެނދުގެ އެއްކޮޅު ދައްކާލާފައި އެދުނީ އިށީނުމަށެވެ. ވަރަށް ނޫން ގޮތަކަށް އަހަރެން އިށީނދެ އާމިރުބެ ގެ ވާހަކަ އަހާލުމުން އަދި މިސްކިތުން ނާންނަ ވާހަކައާ މިހާރު އަންނާނެ ވާހަކަ ބުންޏެވެ. އަހަރެންގެ ދިރިއުޅުމާ ބެހޭ ގޮތުން ވަރަށް ސުވާލު ކުރުމަށްފަހު އަހާފާނެތީ އަހަރެން އެންމެ ބިރުން ހުރި ސުވާލުވެސް ކޮށްފިއެވެ.

”ފަރީ މީހަކާ އިނީތަ ދެން މިހާރު!“

ފަޒިއްތަގެ މި ސުވާލަށް އަހަންނަށް ޖަވާބު ދެވުނީ ތަންކޮޅެއް އުނދަގުލުންނެވެ.

”ނޫން! އަދި ތިކަހަލަ ކަމަކާ ނޫޅެން!“

އަހަރެން ވަރަށް ލަދުން ހުރެ ޖަވާބު ދިނީމެވެ.

”ކީއްވެ!“

ނުނިމޭ…

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާވީސް ވަނަބައި

މާރޗް 20, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެކާވީސްވަނަ ބައި

މާރޗް 13, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ވިހިވަނަ ބައި

މާރޗް 6, 2023

Comments 4

  1. You says:
    2 years ago

    V.reethi

    Reply
  2. ޔޫ says:
    2 years ago

    ވ.ވރީތި.

    Reply
  3. Kamana says:
    2 years ago

    Varah reethi ekam maakuru

    Reply
  4. Unkwn says:
    2 years ago

    Maa kuri dhonkalw.. alhe noonthe😞😞😞😞

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In