ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެ، މިއަދު ރާއްޖެ އިން މިބަލީގައި ނިޔާވި މީހުންގެ އަދަދު 6 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 08:44 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 51 އަހަރުގެ އިންޑިޔާ ފިރިހެން މީހަކު މަރުވެފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ އިން މިބަލީގައި ނިޔާވި 109 މީހާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ މިއަދުގެ ހެނދުނު 08:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައި ވާކަމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި 110 ވަނަ މީހާ އެވެ.
ރާއްޖެއިން މިއަދު 6 ވަނައަށް ނިޔާވެފައި ވަނީ، އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 09:48 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 111 އަށް އަރާފައެވެ.