ރާއްޖެ އިން އިތުރު 2 މީހަކު ނިޔާވެ، ކޯވިޑް 19 ގެ ސަބަބުން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 108 އަށް އަރައިފި އެވެ.
ރާއްޖެ އިން އެންމެ ފަހުން ނިޔާވި3 މީހުންގެ ތެރެއިން 2 މީހުންނަކީ ލ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ 2 މީހުންނެވެ. އަދި 3 ވަނަ މީހާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނީ، ރޭ ދަންވަރު 01:54 ގައި އެ ފެސިލިޓީ ގައި ފަރުވާ ދެމުން ދިޔަ އުމުރުން، 87 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ. އަދި ރޭ ދަންވަރު 03:01 ގައި ހަމަ އެ ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 69 އަހަރުގެ ދިވެހި އަންހެނެއް ބަލީގައި ނިޔާވެފައި ވާކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މިއަދު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކު ހެނދުނު 07:25 ގައި ނިޔާވެފައި ވާކަމަށެވެ. އޭނާ ކޮވިޑަށް ފައްސިކަން އެނގުނީ ނިޔާވި ފަހުން ހެދި ޓެސްޓުންނެވެ.
އަދި މިއީ މިއަދު ރާއްޖެ އިން މިބަލީގައި ނިޔާވި 3 ވަނަ މީހާ އެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 108 އަށް އަރާފައެވެ.