ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިރޭ ބުނީ، ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި މާލެއިން އުމުރުން 49 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.
އެހެން ނަމަވެސް އެމީހާ އާއި ބެހޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ކޮށްފައި ނުވެއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކޮށް ސަލާމަތީ ބާރުތަކުން ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން ދަނީ މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން މާލޭގައި ވަނީ ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ