އެޗްޕީއޭއިން މިރޭ އާއްމު ކުރި، ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ 3،703 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލެ ސިޓީއިން 1،213 މީހުން ފައްސިވެފައި ވާއިރު، އަތޮޅުތަކުން 244 މީހުން ވަނީ ފައްސިވެފައެވެ. އަދި ރިސޯޓު ތަކުން 08 މީހުން ވަނީ ފައްސިވެފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ފައްސިވީ، 517 މީހުންނެވެ. އެހެން ނަމަވެސް ކުރިން ބައްޔަށް ސާމްޕަލް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ނަތީޖާ ނުލިބި ހުރި ބައެއް ނަތީޖާ ތަކާއި އެކު 1،465 މީހުން ފައްސިވި ކަމަށް ވަނީ ބުނެފައެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ، 47،421 އަށް އަރާފައެވެ. ހޮސްޕިޓަލު ތަކުގެ އެޑުމިޓު ކޮށްގެން 268 މީހުންނަށް ފަރިވާ ދެމުން ދާއިރު، މިބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު ވަނީ، 29،086 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި 18،221 މީހުން ތިބިކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވާއިރު، މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 105 މީހުން ނިޔާވެފައެވެ.