ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި މިރޭ 08:42 ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައި ވަނީ، އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ވަނީ މިރޭ ބުނެފައެވެ.
މިއީ މިއަދު ރާއްޖެއިން މިބަލީގައި ނިޔާވި 2 ވަނަ މީހާއެވެ.
މިރޭ ނިޔާވި މީހާއާއި އެކު ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ، 105 އަށް އަރާފައެވެ.