އެމެރިކާއިން އިޒްރޭލުގެ ލާ އިންސާނީ ޢަމަލުތަކަށް ތަރުހީބު ދިނުމުގެ ސަބަބުން، ތުރުކީގެ ރައީސް ތައްޔިޕް އުރްދުޣާން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވައިފިއެވެ.
ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، ބައިޑެން ގެ އަތް ވަނީ ލެއިން ތަތްތެޅިފައިކަމަށް އުރްދުޣާން ވަނީ ވިދާޅުވެފައެވެ.
މިއީ ތުރުކީގެ ރައީސް ޖޯ ބައިޑެން ޖެނުއަރީ މަހު ވެރިކަމާއި ހަވާލުވި ފަހުން، މިހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާ އަށް ފާޑު ކިޔުއްވި ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އުރުޣާން ވަނީ ހުޅަނގު އަދި އެމެރިކާގެ އިސް ވެރިންނާއި އޮތް ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ފަލަޞްޠީނުގެ މައްސަލައިގައި، އޭނާ ވަނީ ވަރަށް ބޮަޑަށް ކޯފާ އިސްކުރައްވަވައި، މުސްލިމް ޤައުމުތަކުން އިޒްރޭލާއި ދެކޮޅަށް ނުކުތުމަށް ގޮވާލައްވާފައެވެ.