މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޗައިނާގައި ހުރި އެންމެ އުސް އެއް ޢިމާރާތް ގޮތް ނޭނގި ތެޅެން ފެށުމުން، ސިފައިން އެ ޢިމާރާތް އެއްކޮށް ހުސްކޮށްފިއެވެ.
ދެކުނު ޝެންޒެންގައި ހުރި މި ޝޮޕިންގ ސެންޓަރު ވަރަށް ބޮޑަށް ގުޑި، ތެޅެމުން ދާ ތަން މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިންވެސް ފެނެއެވެ. 980 ފޫޓު ހުންނަ ”ސެގް ޕްލާޒާ“ މިއަދު ޗައިނާ ގަޑިން 13:00 ވަނީ ވަރަށް ބޮޑަށް ގުޑެން ފަށާފައި ކަމަށް އެ ޤައުމުގެ ޕޮލިހުންވެސް ވަނީ ޢާންމުކޮށްފައެވެ. އަދި 14:30 ވީ އިރު، މި ބިލްޑިންގ އެއްކޮށް ހުސްކޮށްފައިވާނޭ ކަމަށްވެސް ވަނީ އަންގާފައެވެ.
2000 ވަނަ އަހަރު ހަދާ ނިންމާފައިވާ މި ޓަވަރު ގުޑެން މެދުވެރިވި ސަބަބުން ޕޮލިހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ. މި ސަރަހައްދަށް ބިންހެލުމެއް އައިތޯ ބެލި އިރު، މި ސަރަހައްދަށް ބިންހެލުމެއް އައިސްފައި ނުވާ ކަމަށްވެސް ވަނީ ފާހަގަވެފައެވެ.
Liunubeyfulhaage liuntherikan molhukamu kithahfangifilaage imaaraathehkanves neygunu.