މާލެ ސަރަހައްދުގައި އިއުލާން ކޮށްފައި އޮތް ކާފިއުގެ މުއްދަތު އިތުރު ހަފްތާއަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިތުރު ކޮށްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި 12 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް ހަތް ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
މާދަމާ އިން ފެށިގެން އިތުރު ހަފުތާއަކަށް ދަމަހައްޓަން ނިންމި އެ ފިޔަވަޅު ދެން ނިމުމަކަށް އަންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
އެ އެންގުމުގައިވާ އިތުރު ކަންކަމަށް ބަލާއިރު، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުން ހިމެނެއެވެ.