އަންނަ ޖޫން މަހުން ފެށިގެން ހިޔާ ފުލެޓުތައް ލިބުނު ފަރާތްތަކަށް އެތަން ތަނަށް ވަދެވޭނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވީ، ކުރިންވެސް ނިންމާފައި ވާގޮތަށް އަންނަ މަހުން ފެށިގެން ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށާއި، ފުލެޓުތަކުގެ ފިނިޝިންގ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ރޭވިފައިވާ ގޮތަށް އެމަސައްކަތް ކުރިއަށް ދާކަމަށެވެ.
ފުލެޓު ލިބުނު ފަރާތްތަކަށް އެމީހަކަށް ލިބުނު ފުލެޓު ކަނޑައެޅުމަށް ނަގަމުންދާ ގުރުއަތު ލުމުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި ބާކީ ހުރި ކެޓެގަރީތަކުގެ ގުރު ނެގުން ކޯވިޑް 19 ގެ ސަބަބުން ވަނީ މެދުކަނޑާލާފައެވެ.
އެޗްޑީސީއިން މިހާރު ދަނީ މީހުން އެ ފުލެޓުތަކަށް ބަދަލުވެ ދިރިއުޅެން ފަށަންވާއިރަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުކޫލް އާއި މިސްކިތާއި، ބަހުގެ ހިދުމަތުގެ އިތުރުން އެހެނިހެން ހިދުމަތްތަށް ނިންމުމަށް ދަނީ ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން ލަފާކުރަނީ ހިޔާ ފްލެޓްތަކަށް ގާތްގަނޑަކަށް 35,000 މީހުން ވަންނާނެ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 2,000 މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ.
Schooleh miskitheh fihaaraeh neiy sarahadhakah 35 haas meehun dhookoh laneetha.
CHA KOI HURIHAA MOLHUTHAKEH EHFAHARAKAA NUVAANE DHO. HURIHAA KAMMEHVES HAMAJEHEN DUVAS NAGAANE DHO . KEHKURAN DASKURAN V. MIVARU VEEKAN VES RANGALHU.“,Rome wasn’t built in a day ”.