ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެއެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕޮޓަލުގެ ޑީއެޗް11 ގައި އެޑުމިޓު ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 73 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރު 12:10 ގައި ނިޔާވެފައި ވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ އަކީ އެޑުމިޓު ކޮށްފައި އޮތް އިރުވެސް ހާލަތު ވަރަށް ސީރިއަސް އަންހެނެކެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 104 އަށް އަރާފައެވެ.
އިއްޔެ އެކަނި ވެސް ކޮވިޑް ބަލީގައި ފަސް މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.